ތ. އަތޮޅަށް މިހާރު ކުރަމުން ދާ ވިއްސާރައިގައި ތ. ގުރައިދޫ އާއި ދިޔަމިނގިލީގައި ވެސް ފެން ބޮޑު ވެފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މި ދެ ރަށުގައިވެސް ފެން ހިންދުމުގެ މަސައްކަތް ފުލުހުންނާއި ރަށު ކައުންސިލުން ގުޅިގެން ކުރިއަށް ގެންދަމުން އަންނަ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މީގެ އިތުރުން ތ. އަތޮޅުގައި މީހުން ދިރިއުޅޭ އެހެން ރަށްތަކުގައި ވެސް ފެންބޮޑުވެގެން ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އޭގެތެރޭގައި ތިމަރަފުށި، އޮމަދޫ، ކިނބިދޫ އަދި ވޭމަންޑޫ ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް