ރާއްޖެއަށް ރިހި މެޑަލް ހޯދައިދިން ދީމާ އަށް ރައީސްގެ މަރުހަބާ

ޓޭބަލް ޓެނިހުން ރާއްޖެއަށް ރިހި މެޑަލް ހޯދައިދިން ފާތިމަތު ދީމާ އަލީ އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙް ބައްދަލުކުރައްވައި މަރުހަބާ ވިދާޅުވެއްޖެއެވެ. މި ބައްދަލުވުން ކުރިއަށް ދިޔައ...

27 May 2019 | 07:11

ޓޭބަލް ޓެނިހުން ރާއްޖެއަށް ރިހި މެޑަލް ހޯދައިދިން ފާތިމަތު ދީމާ އަލީ އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙް ބައްދަލުކުރައްވައި މަރުހަބާ ވިދާޅުވެއްޖެއެވެ.

މި ބައްދަލުވުން ކުރިއަށް ދިޔައީ މިއަދު ރައީސް އޮފީހުގައެވެ. މި ބައްދަލުވުމުގައި ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ވެސް ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ 11 އަހަރުގެ ދީމާ ހޯދި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެ، ދީމާއާއި ދިމާގެ އާއިލާއަށް ހިތްވަރު ދެއްވާފައެވެ. އަދި ޓޭބަލް ޓެނިސްގެ ދާއިރާއިން ކުރިއެރުމާއި އިތުރު ކާމިޔާބީއަށް ރައީސް އެދިވަޑައިގެންނެވިއެވެ.

ޓޭބަލް ޓެނިހުން ދީމާ ރާއްޖެއަށް ރިހިމެޑަލް ހޯދައިދީފައި ވަނީ ތައިލެންޑްގައި ބޭއްވި އޭޝިއަން ޓޭބަލް ޓެނިސް ހޯޕްސް މުބާރާތުންނެވެ. މިއީ އޭޝިޔާގެ މުބާރާތަކުން ޓޭބަލް ޓެނިހުން ރާއްޖެއަށް މިފަދަ ކާމިޔާބެއް ލިބުނު ފުރަތަމަ ފަހަރުވެސް މެއެވެ.

މީގެ އިތުރުން ރީޖަނަލް ހޯޕްސް ޗެލެންޖް( ސައުތު އޭޝިއަން ) 2018 އިން ދީމާ ވަނީ ރާއްޖެއަށް ރަން މެޑެލް ހޯދައިދީފައެވެ. ބޭރުގެ އެކިއެކި މުބާރާތްތަކުން ފަޚުރުވެރި ވަނަތައް ރާއްޖެއަށް ހޯދައިދިމުގެ އިތުރުން ދީމާ އަކީ މިހާރުވެސް ރާއްޖޭގެ އެންމެ މޮޅު ޓޭބަލް ޓެނިސް ކުޅުންތެރިޔާ ކަންފާހަގަކޮށްލަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް