15 ސަރަހައްދެއްގައި ދިރާގު ހޮޓްސްޕޮޓް ގާއިމްކޮށްފި

ދިރާގާއި މާލެ ސިޓީ ކައުންސިލް ގުޅިގެން މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭގޮތަށް ޖުމްލަ 15 ތަނެއްގައި "ދިރާގު ހޮޓްސްޕޮޓް" ގެ ނަމުގައި ވައިފައި ހޮޓްސްޕްޓް ތަކެއް ގާއިމްކޮށްފިއެވެ. ދިރާގު ހޮޓްސްޕޮޓް ރަސ...

27 May 2019 | 07:00

ދިރާގާއި މާލެ ސިޓީ ކައުންސިލް ގުޅިގެން މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭގޮތަށް ޖުމްލަ 15 ތަނެއްގައި "ދިރާގު ހޮޓްސްޕޮޓް" ގެ ނަމުގައި ވައިފައި ހޮޓްސްޕްޓް ތަކެއް ގާއިމްކޮށްފިއެވެ.

ދިރާގު ހޮޓްސްޕޮޓް ރަސްމީކޮށް އިފްތިތާހް ކުރީ އިއްޔެ ރަސްރަނި ބަގީޗާގައި ބޭއްވި ހަފްލާއެއްގައެވެ. މި ހަފްލާގައި ދިރާގުގެ އިސްބޭފުޅުންގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ދިރާގުން ބުނީ، މި ހޮޓް ސްޕޮޓްގެ ޒަރިއްޔާއިން ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް ހިލޭ 30 މިނެޓަށް ވައިފައި ލިބޭނެ ކަމަށާއި، ދިރާގު ކަސްޓަމަރުންނަށް ހާއްސަ ކޮށްގެން ކޮންމެ ލޮކޭޝަނަކަށް ވަކި ހާއްސަ ޕެކޭޖްތަކެއްވެސް ތައާރަފްކޮށްފައި ވާނެކަމަށެވެ.

ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ދިރާގު ސީ. އީ. އޯ އަދި އެމް. ޑީ އިސްމާއިލް ރަޝީދު ވިދާޅުވި ގޮތުގައި، ދިރާގުން ކުރިއަށް ގެންދާ "ޑިޖިޓަލް ރާއްޖެ" ޕްރޮގްރާމްގެ ދަށުން ތައާރަފް ކުރެވުނު ދިރާގު ވައިފައި ހޮޓްސްޕޮޓް ތަކަކީ ދިރާގާއި މާލޭ ސިޓީ ކައުންސިލް ގުޅިގެން މާލޭގެ ރައްޔިތުންގެ ލާބަ އާއި މަންފާއަށް އަދި ޒަމާނާ އެކު އެންމެހާ ދިވެހީން ޑިޖިޓަލް ވިއުގާއާއި ގުޅުވާލަން ކުރެވޭ ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ. އަދި މާލޭ ސިޓީ ކައުންސިލާ ގުޅިގެން މިއަދު މަޝްރޫއު ފަށޭ އިރު، މި ހިދުމަތް ފޯރުކޮއްދިނުމަށް ދިރާގަށް ފުރުސަތު ދެއްވީތީ މާލޭ ސިޓީ ކައުންސިލަށް ވަރަށް ބޮޑު ޝުކުރު ދެންނެވިއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ދިވެހި ރާއްޖެ ޑިޖިޓަލް ރާއްޖެ އަކަށް ގެންގޮސްދީ، ދިވެހީން ޑިޖީޓަލް މުސްތަގްބަލަށް ބޭނުންވާނެ ޒަމާނީ ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް