މިމަހުގެ ހަވަނަ ދުވަހު ބޭއްވުނު މަޖިލިސް އިންތިހާބުގައި 386 ކެންޑިޑޭޓުން ވާދަކުރި އިރު، މިހާތަނަށް މާލީ ބާޔާން ހުށަހަޅާފައި ވަނީ 94 ކެންޑިޑޭޓުން ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
އިންތިހާބުތަކާބެހޭ އާންމު ގާނޫނުގައި ވާގޮތުން ކޮންމެ ކެންޑިޑޭޓަކު ވެސް އެ ކެންޑިޑޭޓެއްގެ އިންތިހާބާގުޅޭ މާލީ ބާޔާން، އިންތިހާބު ބާއްވާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އީސީ އަށް ހުށައަޅަން ޖެހޭނެއެވެ. އެ މުއްދަތުގެ ތެރޭގައި މާލީ ބަޔާން ހުށަނާޅައިފި ނަމަ އަދަބެއްގެ ގޮތުން، ހަ މަސް ދުވަހާއި ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 6،000 ރުފިޔާ އާއި 24،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. މާލީ ބަޔާން ހުށަހެޅުމުގެ ސުންގަޑިއަކީ މިރޭ 12:00 ގެ ކުރިންނެވެ.
https://twitter.com/IsmailHabeeb/status/1122008702343499776
ކެންޑިޑޭޓުން މާލީ ބަޔާން ހުށަހެޅުމުގެ އެންމެ ބޮޑު ބޭނުމަކީ، ކެންޑިޑޭޓުންގެ ކެމްޕޭނަށް ދިޔަ ހަރަދުގެ ތަފްސީލާއި، ފަންޑު ލިބުނު ގޮތް ދެނެގަތުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް