ލަންކާގައި މިދިޔަ އާދީއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ސްކޫލްތަކުގެ ކިޔެވުން ބަންދުކޮށްފައިވާއިރު ސްކޫލުތަކުގެ ކިޔެވުން ދެން ފަށާނީ އަންނަ މަހުގެ ހައެއްގައި ކަމުގައި އެ ގައުމުގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ނިންމައިފިއެވެ.
މިގޮތަށް ނިންމާފައިވަނީ ރޭ ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި އެ ގައުމުގެ ރައީސް މައިތްރިޕާލަ ސިރިސޭނާވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ސްކޫލުތައް ހުޅުވުން އިތުރަށް ފަސްކޮށްފައިމިވަނީ އާއްމު ހާލަތު އަދިވެސް ރަނގަޅު ނުވާތީއެވެ. އެގޮތުން އަދިވެސް ތައެއް ގޮއްވުންތައް ގޮއްވުމުގެ ބިރު އޮތުމާއި ދީނީ ގޮތުން ހައްދު ފަހަނަ އަޅާފައިވާ ފަރާތްތަކުގެ ހަމަލާތަކުގެ ބިރު އެބަ އޮތެވެ.
އެގޮތުން ރޭގައިވެސް އެފަދަ ކަމެއް ހިނގާފައިވެއެވެ. ބަޔަކު ވަނީ ސިފައިންނާއި ބަޑީގެ ހަމަލާތަކެއް ބަދަލުކޮށްފައެވެ. އަދި އެއަށްފަހު ބޮން ގޮއްވާލައި ޖާނުން ފިދާވެ މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި ތިން އަންހެނަކާއި ހަ ފިރިހެނެއްގެ އިތުރުން ކުޑަ ތިން ކުއްޖަކު ހިމެނެއެވެ.
ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 253 އަށް އަރާފައެވެ. ޒަހަމްވި މީހުންގެ އަދަދު އުޅެނީ 500 އަށްވުރެ މަތީގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް