ޝާނީޒަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި

ސިފައިންގެ ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގެ ކުރީގެއޮފިސަރެއް ކަމަށްވާ އަހުމަދު ޝާނީޒަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ. މިއަދު ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ އަލުން ޝާނީ...

27 Mar 2019 | 09:01

ސިފައިންގެ ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގެ ކުރީގެއޮފިސަރެއް ކަމަށްވާ އަހުމަދު ޝާނީޒަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މިއަދު ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ އަލުން ޝާނީޒަށް ވަޒީފާ ދިނުމުގެ އިތުރުން 189،000ރ. ދިނުމަށް ކަމަށް ޝާނީޒުގެ ވަކީލް ނާޒިމް ސައްތާރު ޓްވީޓަކުން ބުނެފައިވެއެވެ.

ޝާނީޒު ވަޒީފާއިން ވަކިކުރީ، ވަޒީފާ ބަދަލުކުރަން ޗިޓު ފޮނުވުމަށްފަހު، އަލުން ވަޒީފާއިން ވަކި ކުރި ކަމުގެ ޗިޓަކުންނެވެ. އޭނާ ވަޒީފާއިން ވަކި ކޮށްފައިވަނީ ދޫނިދޫގައި ހައްޔަރުކޮށްގެން ބެހެއްޓުމަށްފަހުގައެވެ.

ޝާނީޒަކީ ކުރީގެ ފަސްޓްލޭޑީ ލައިލާ އަލީ ގެ ކުރީގެ ބޮޑީގާޑެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް