ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލޭގައި ދެ ސައިކަލެއް ޖެހި މިއަދު އެކްސިޑެންޓެއް ހިނގައިފިއެވެ. މިއަދު މެންދުރު 2:30 ހާއިރު މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ އުމުރުން 18 އަހަ...

27 Feb 2020 | 16:42

ހުޅުމާލޭގައި ދެ ސައިކަލެއް ޖެހި މިއަދު އެކްސިޑެންޓެއް ހިނގައިފިއެވެ.

މިއަދު މެންދުރު 2:30 ހާއިރު މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ އުމުރުން 18 އަހަރުގެ ޒުވާނަކު ދުއްވި ސައިކަލަކާއި 50 އަހަރުގެ މެދު އުމުރުގެ މީހަކު ދުއްވި ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ދެ ސައިކަލަށްވެސް އެކިވަރުގެ ގެއްލުންވެފައި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ އެ ދެމީހުންގެ ތެރެއިން ޒުވާނާގެ އަތުގައި ލައިސަންސް ނެތް ކަމަށެވެ. މެދުއުމުރުގެ މީހާ އަކީ ލައިސަންސް އޮންނަ މީހެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް