އިންނަމާދޫ ފަޅުތެރޭގައި އޮތް ބޯޓެއް އަަޑިއަށް ހިނގައްޖެ

އިންނަމާދޫ ފަޅުތެރޭގައި އޮތް "މިހިރީ 05" ނަމަކަށް ކިޔާ ބޯޓެއް އަޑިއަށް ދާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ. ފުލުހުންގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދު މެންދުރު 12:...

27 Feb 2019 | 11:45

އިންނަމާދޫ ފަޅުތެރޭގައި އޮތް "މިހިރީ 05" ނަމަކަށް ކިޔާ ބޯޓެއް އަޑިއަށް ދާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުންގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދު މެންދުރު 12:40 ހާއިރު މިހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުމާއި އެކީ ފުލުހުން ދަނީ މިހާރު އެސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށެވެ.

ފުލުހުންގެ ފަރާތުން އިތުރަށް ވިދާޅުވީ މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށެވެ. އަދި މިހާރު ބޯޓް ފުންކުރުމުގެ މަސައްކަތް ފުލުހުންނާއި ރައްޔިތުންނާއި ގުޅިގެން ކުރަމުން ގެންދާ ކަމަށެވެ.

"މިހިރީ 05" ނަމަކަށް ކިޔާ މި ބޯޓަކީ އިންނަމާދޫއާއި މާލެއާއި ދެމެދު ދަތުރުކުރާ މުދާ އުފުލާ ބޯޓެކެވެ. އަދި މި ބޯޓް އަޑިއަށް ދިޔައިރު ބޯޓްގައި މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ މުދާ ހުރިކަމަށްވެސް ފުލުހުން ބުނެއެވެ. އޭގެ ތެރޭގައި، ކާޑުގެ ބާތްވައްތަކާއި، ގޭހާއި، ސިމެންތި އަދި ހިލަވެލި ކަހަލަ މުދާ ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް