ވީބީ ހަސަންގެ ފޯމް ބަލައިގަތުމަށް އީސީ ގެ މައްޗަށް އަމުރު ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާއަށް ކުރިމަތިލެއްވުމަށް އެދި ވީބީ ބްރަދާސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑައިރެކްޓަރު ހަސަން ޝިޔާމް (ވީބީ ހަސަން) އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހެޅި ...

27 Feb 2019 | 09:37

ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާއަށް ކުރިމަތިލެއްވުމަށް އެދި ވީބީ ބްރަދާސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑައިރެކްޓަރު ހަސަން ޝިޔާމް (ވީބީ ހަސަން) އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހެޅި ފޯމު ބަލައިގަތުމަށް ސުޕްރީމް ކޯޓުން އިލެކްޝަން ކޮމިޝަންގެ މައްޗަށް އަމުރުކޮށްފި އެވެ.

އީސީން ހަސަން ޝިޔާމުގެ ފޯމް ބަލައިނުގަންނަ ނިންމީ އޭނާގެ ހިއްސާ އޮންނަ ކުންފުންޏެއްގެ ސާބިތު ދަރަންޏެއް އޮތް މައްސަލައިގައެވެ.

އާންމު އިންތިޚާބާ ބެހޭ ގާނޫނުގެ 21 ވަނަ މާއްދާގައި ބުނާ ގޮތުގައި، އިންތިޚާބުގައި ވާދަކުރަން މީހަކު ހުށަހަޅާ ފޯމު ބަލައިނުގަންނަން އީސީން ނިންމައިފި ނަމަ، އަދި އެ ނިންމުމާ މެދު މީހަކު ޝަކުވާ ހުށަހަޅަން ބޭނުން ނަމަ، ފަސް ދުވަސް ތެރޭގައި ސުޕްރީމް ކޯޓަށް ޝަކުވާ ހުށަހަޅަން ޖެހޭނެ އެވެ.

އަދި އެ ކަމަށް ހަތް ދުވަސް ތެރޭ ކޯޓުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް އެ މާއްދާގައި ބުނެ އެވެ. އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ގޮތުގައި، ކެންޑިޑޭޓުންގެ ގުރުއަތުލުން މި މަހުގެ 27 ވަނަ ދުވަހު އޮންނާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް