ޕީއެންސީން ޕީޕީއެމްގެ މުދާ ބޭނުން ކުރަމުންދާ މައްސަލަ އެއް އިލެކްޝަނަށް

ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފެއްދުމަށް މަސައްކަތް ކުރަމުންދާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއިން ޕީޕީއެމްގެ މުދާ ބޭނުން ކުރަމުންދާ މައްސަލައެއް އިލެކްޝަނަށް ހުށަހަޅައިފިއެވެ. މައުލޫމާތު...

27 Jan 2019 | 12:14

ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފެއްދުމަށް މަސައްކަތް ކުރަމުންދާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއިން ޕީޕީއެމްގެ މުދާ ބޭނުން ކުރަމުންދާ މައްސަލައެއް އިލެކްޝަނަށް ހުށަހަޅައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިލެކްޝަނަށް ހުށަހަޅާފައި ވަނީ ޕީއެންސީއިން ޕީޕީއެމްގެ އިމާރާތާއި އެތަނުގެ ބައެއް ސާމާނު ބޭނުން ކުރަމުންދާ މައްސަލައެެކެވެ.

ޕީއެންސީއާއި ގުޅިގެން އާއްމު ފަރާތަކުން އިލެކްޝަނަށް މައްސަލަ ހުށަހަޅާފައިވާއިރު، އަލަށް އެކުލަވާލާފައިވާ ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައި ބުނެފައިވާގޮތުން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުއްދަ ދީފައި ވަނިކޮށް އެހެން ޕާޓީއެއްގެ ވަސީލަތްތައް ބޭނުން ކުރާކަން ސާބިތުވެއްޖެ ނަމަ ޕާޓީ އުފެއްދުމަށް ދިން ހުއްދަ ބާތިލް ކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެން ވެއެވެ.

އިލެކްޝަނަށް ހުށަހެޅިފައިވާ ޕީއެންސީގެ މައްސަލައާއި ގުޅިގެން އިތުރު ތަފްސީލެއް އިލެކްޝަން ކޮމިޝަނުން އަދި ހާމައެއް ނުކުރައްވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް