ބޮޑެތި އެޕްލަޔަންސް އާއި އިލެކްޓްރޯނިކްސް އުފެއްދުމުގައި 50 އަހަރު ދުވަހުގެ ތަޖުރިބާލިބިފައިވާ ހައިސެންސް އަކީ ދުނިޔޭގެ ނަންހިނގާ ބްރޭންޑެކެވެ. ހައިސެންސްއަކީ 2018 ވަނަ އަހަރުގެ ފީފާ ވޯރލްޑްކަޕްގެ އޮފިޝަލް ސްޕޮންސަރއެވެ. އަދި 2016 ވަނައަހަރު އަދި ކުރިއަށްއޮތް 2020ވަނަ އަހަރުގެ ޔުއެފާ ޔޫރޯގެ އޮފިޝަލް ޕާރޓްނާރ އެވެ.
ރެޑްވޭވުން ދުނިޔޭގައި ނަންހިނގާ މިފަދަ ބޮޑު ބްރޭންޑެއް، ސީދާ ހައިސެންސް ކުންފުނިން ރާއްޖެއަށް އިންޕޯރޓްކޮށް ޑިސްޓްރިބިއުޓްކުރުމަށް ވަނީ ހަމަޖެހިފައެވެ. ރެޑްވޭވުން އިން ހައިސެންސް ބްރޭންޑު ވިއްކަމުންދާނީ ވަރަށް ހާއްސަ ހެޔޮ އަގުތަކެއްގައެވެ. އަދި ޕްރީއޯޑަރ އަގުތަށް އާންމު އަގުތަކަށްވުރެ ހެޔޮވާނެކަމުގައި ރެޑްވޭވުން މައުލޫމާތު ދެއްވައެވެ.
އެގޮތުން ޕްރިއޯޑަރ ކުރުމަށްބޭނުންވާ ކަސްޓަމަރުންނަށް އެފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އެއީ ޓީވީގެ އަގުގެ %75 ފައިސާދެއްކުމަށް ފަހުގައެވެ. މިގޮތުން ޕްރިއޯޑަރ ކުރައްވާ ޓީވީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ހަފްތާގައި ލިބިވަޑައިގަންނަވާނޭކަމުގައި ރެޑްވޭވުން މަޢުލޫމާތު ދެއްވައެވެ.
ރެޑްވޭވުން ރާއްޖޭގެ ބާޒާރަށް ތަޢާރަފްކުރުމަށް ހަމަޖެހިފައިވާ ހައިސެންސް ޓީވީގެ ތެރޭގައި ލެޑް ހެޗްޑީ، ފުލްއެޗްޑީ އަދި ޔޫލެޑް ޔޫއެޗްޑީގެ އިތުރުން ލޭޒަރ ޓީވީ ހިމެނެއެވެ. އެގޮތުން 32އިންޗި އާއި 100އިންޗީގެ ދެމެދުގެ ސައިޒުގެ ހައިސެންސް ޓީވީ ރެޑްވޭވުން ރާއްޖޭގެ ބާޒާރަށް ތަޢާރަފްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހައިސެންސް ޓީވީ ރެޑްވޭވުން ލިބިވަޑައިގަންނަވާނީ އެއް އަހަރު ދުވަހުގެ ވޮރަންޓީއާއި އެކުއެވެ. އަދި ހައިސެންސް ޓީވީގެ ފުލްސާރވިސް ރެޑްވޯވުން ފޯރުކޮށްދޭގޮތަށްވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ރެޑްވޭވްގެ ހައިސެންސް ޝޯރޫމެއް ވަރަށް އަވަހަށް ހުޅުވިގެންދާނޭކަމުގައި ރެޑްވޭވުން މައުލޫމާތު ދެއްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް