ނެށުމާއި މިއުޒިކާއެކު ބާއްވާ މުންކަރާތްތަކުގައި ރައްޔިތުން ބައިވެރިވެފައި ދެން ދީނީ އިލްމުވެރިން ކޮބައިހޭ ގޮވިޔަސް ކުރާނެ ކަމެއް ނޯންނާނެ ކަމުގައި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވެފައިވަނީ އިސްލާމިކް ނޮލެޖް ވައިބަރ ގްރޫޕަށް މީހަކު ފޮނުވާފައިވާ ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
"އަޅުގަނޑުގެ ސުވާލަކީ ދީނީ އިލްމުވެރިންގެ ވާޖިބަކީ ކޮންމެ ފަސް އަހަރަކުން އެއްފަހަރު އަމިއްލަ މަންފާއަށް ސިޔާސީ ވައުދު ބުނެދިނުންތޯ؟" އެ ސުވާލުގައި ބުނެފައިވެއެވެ.
ސުވާލުގައި އިތުރަށް އަހާފައިވަނީ ދީނީ ދަންނަ ބޭކަލުންނަށް ހެދިގެން ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ފާޅުވެ ސިޔާސީ ވައުދު ބުނެދީގެން ގެންނަ ސަރުކާރުން ދީނާ ޚިލާފު ކަންކަން ކުރާއިރު ދަންނަ ބޭކަލުންނަށްވެގެން އުޅޭ ބޭފުޅުން ހަނު ތިބުމަކީ ދީނުގައި ކިހާ ވަރެއްގެ ކަމެއްތޯ؟ އެވެ. އަދި މިހާރުވެސް ބައެއް އިލްމުވެރިން ސިޔާސީ ވައުދު ބުނެދީގެން ދީން އައްޑަނައަކަށް ހަދައިގެން އިންތިޚާބުކުރި މީހުން މިއުޒިކް ޝޯ ތައް ބާއްވާ ބިރަކާނުލާ މަޖާކުރާ ހަފްލާތައް ބާއްވާއިރު އެއްކަލަ އިލްމުވެރިން ހަނުތިއްބެވުމަކީ ކޮންކަހަލަ ކަމެއްތޯވެސް އެ ސުވާލުގައި އަހާފައިވެއެވެ.
ޖަވާބުގައި ޑރ. އިޔާޒް ވިދާޅުވެފައިވަނީ ހިތުގައި އޮތް ނަފްރަތާއި ރުޅިވެރިކަން އެއްފަރާތެއްގައި ބާއްވާފައި އިންސާފުވެރި ނަޒަރަކުން ވާހަކަ ދައްކަން ދަންނަވާކަމަށެވެ.
"އިންތިޚާބުގެ ތެރޭގައިވެސް އަދި އޭގެ ކުރިންވެސް ދީނީ އިލްމުވެރިން ދީނީ ނަސޭހަތްތަކާއި ރައްޔިތުންނަށް މަންފާ ކުރަނިވި ނަސޭހަތްތަކާއި އިރުޝާދުތައް ދެއްވަމުން ގެންދަވައެވެ." ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.
ޑރ. އިޔާޒް ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބަކީ ގައުމުގެ ހުންގާނު އެފަރާތަކާ ހަވާލުކުރުމަށް ބޭއްވޭ އިންތިޚާބެއް ކަމަށްވެފައި އެ އިންތިޚާބުގައި ފައިސާއަށް ވޯޓު ވިއްކުމާއި އެ ނޫންވެސް ނުރަނގަޅު އެތައް ކަމެއް ހިންގާތީ އެކަންކަމުގެ ނުބައިކަން ބުނެދިނުމަކީވެސް ދީނީ އިލްމުވެރިންނާއި އެހެނިހެން މީހުންގެވެސް ވާޖިބެއް ކަމަށެވެ.
"ކޮންމެ ބަޔަކު ކުރި ނަމަވެސް ގޯސް ވާނީ ގޯހަށެވެ. އެއީ އިލްމުވެރިން އެބަޔަކަށް ތާއީދުކުރެއްވި ބޭފުޅުންވިޔަސް ނުވަތަ އަނެއްބައި މީހުން ވިޔަސް ވެއެވެ.މިއުޒިކް ޝޯ ބޭއްވުމަކީ އަދި ދެ ޖިންސުގެ މީހުން އެތަނަށް އެއްވެ ނަށާ ހެދުމަކީ އިސްލާމް ދީން ހުއްދަކުރާ ކަންތަކެއް ނޫނެވެ. އެއީ ކޮންމެ ސަރުކާރަކުން ނުވަތަ ކޮންމެ ބަޔަކު ކުރި ނަމަވެސް ހުއްދަ ވާނެ ކަމެއް ނޫނެވެ" ޑރ. އިޔާޒް ދެއްވި ޖަވާބުގައި ވިދާޅުވެފައިވެއެވެ.
އެ ޖަވާބުގައި ވިދާޅުވެފައިވަނީ މިފަދަ ކަމެއް ހިންގަން އުޅޭ ކޮންމެ ފަހަރަކު އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވެ ހަނދާންކޮށްދެމުން ގެންދާކަމަށާއި ނަމަވެސް އަޑު އިވޭނީ ކަންފަތުގައި އިވުމުގެ ބާރު ތިބި ބަޔަކަށް ކަމަށެވެ. ފެންނާނީ ލޮލުގައި ފެނުމުގެ ބާރު ތިބި ބަޔަކަށް ކަމަށެވެ. އަދި ވިސްނޭނީ ހިތުގައި ވިސްނުމުގެ ބާރު ލިބިފައިވާ ބަޔަކަށް ކަމުގައިވެސް ވިދާޅުވެފައިވެއެވެ.
ދީނީ އިލްމުވެރިންގެ ވާޖިބަކީ ހައްގު ގޮތް ބުނެދިނުން ކަމަށާއި އެއީ ބަޔަކު މީހުން ކިތަންމެ ރުޅި އަރާގޮތެއް ކަމުގައި ވިސް ކަމުގައި ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ. އަދި އެބަސް ގަބޫލު ނުކުރުމުން އެތަނަށް ގޮސް އެކަން ހުއްޓުވުމަކީ ދީނީ އިލްމުވެރިންނަށް ކުރެވޭނެ ކަމެއް ނޫން ކަމުގައިވެސް ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.
"މިފަދަ ކަންތައް ހުއްޓުވުމުގައި އާންމު ރައްޔިތުންގެ އެއްބާރުލުންވެސް ވަރަށް ވަރަށް ބޮޑަށް ބޭނުންވެއެވެ. އެގޮތުން ރައްޔިތުން އެފަދަ ތަންތަނަށް ނުގޮސް، އަދި އެފަދަ ކަންތައްތައްކުރުން ނުރުހޭކަން ފާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް