ސުނާމީގެ ހަނދާންތައް އާކޮށްލަން ”ސުނާމީ ވާހަކަ“

އެތައް ހަނދާނެއް ހިފައިގެން ސުނާމީގެ ބިރުވެރި ކާރިސާ ކުރިމަތިވި ދުވަސް އަނެއްކާވެސް މިއޮތީ ބައްދަލުކޮށްފަ އެވެ. 13 އަހަރުފަހުންވެސް އެ ހަނދާންތައް އިއްޔެ ވީ ކަމެއްހެން ހަނދާން އެބަހުއްޓެވެ. އެ ވާހަކަތ...

26 Dec 2017 | 12:35

އެތައް ހަނދާނެއް ހިފައިގެން ސުނާމީގެ ބިރުވެރި ކާރިސާ ކުރިމަތިވި ދުވަސް އަނެއްކާވެސް މިއޮތީ ބައްދަލުކޮށްފަ އެވެ. 13 އަހަރުފަހުންވެސް އެ ހަނދާންތައް އިއްޔެ ވީ ކަމެއްހެން ހަނދާން އެބަހުއްޓެވެ. އެ ވާހަކަތައް އާކޮށްލަން އެ މުނާސަބާތާއި ގުޅުވާލައިގެން ވާހަކަ މައިޒާން ކަމަށްވާ ވާހަކަ.ކޮމް އިން މިވަނީ ފުރުސަތެއް ހުޅުވާލާފަ އެވެ.

ވާހަކަ.ކޮމްއިން ވަނީ މަންތްލީ ޗެލެންޖެއްގެ ގޮތުގައި މުޅިން އާ ޗެލެންޖެއް ފަށާ، ފުރަތަމަ ތީމަކަށް ދޫކޮށްލާފައިވަނީ "ސުނާމީ ވާހަކަ" އެވެ. އެ ތީމަށް ހުޅުވާލި ފުރުސަތުގައި 14 ވާހަކަ ވަނީ ހުށަހަޅާފަ އެވެ. ސުނާމީގެ ވާހަކަތައް ކިޔާލަން އެހެންވީމަ އަވަހަށް ވާހަކަ.ކޮމް ސައިޓަށް ޒިޔާރަތްކޮށްލާށެވެ.

އެ ވާހަކަތަކުގެ ތެރެއިން އެންމެ ގިނަ މީހުން ކިޔާ އަދި އެންމެ ގިނަ ލައިކްސް ލިބުނު ވާހަކަތަކުގެ ތެރެއިން ގަދަ ފަސް ލިޔުންތެރިންނަށް ވާހަކަ.ކޮމްގެ ފަރާތުން ވަނީ ވަރަށް ހާއްސަ އިނާމެއް ދޭން ނިންމާފަ އެވެ. އެއީ ސޭންޑްވިޗް ބާ އިން ގިފްޓް ވައުޗާ އެކެވެ. ކުރިއަށް އޮތް މަސްތަކުގައި އެ އިނާމްވެސް ދާނީ ބޮޑުވަމުންނެވެ.

ވާހަކަ.ކޮމް އިން ބުނީ މިފަދަ ޗެލެންޖެއް ކުރިއަށް ގެންދިއުމުގެ މަގްސަދަކީ އަލަށް ވާހަކަ ލިޔަން ބޭނުންވާ ފަރާތްތަކަށް އާ ހިޔާލުތައް ދީ އާ ހިތްވަރެއް ދިނުން ކަމަށެވެ. މިގޮތުން ކޮންމެ މަހަކު ތަފާތު މަޢުލޫތަކަށް ލިޔުމުގެ ޗެލެންޖް ހުޅުވާލާނެކަމަށް ވާހަކަ.ކޮމްއިން ބުނެއެވެ. އެ ސައިޓަކީ އާންމުކޮށް ވާހަކަ ލިޔަން ބޭނުން ހުރިހާ ފަރާތްތަކަށް ވާހަކަ ލިޔުމަށް ފުރުސަތު ހުޅުވާލާފައިވާ ސައިޓެެކެވެ. އެ ސައިޓު ތައާރަފްކުރިތާ ގިނަ ދުވަސްތަކެއް ނުވި ނަމަވެސް ގިނަ ބައެއްގެ ތާއީދާއި ލޯބި ހޯދާފައިވާ ސައިޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް