ފޯ ސީޒަންސް ކުޑަހުރާގެ ޖެޓީގައި ބުދު ބެހެއްޓި މައްސަލަ ހޫނުވެފައިވާއިރު އިތުރު ރިސޯޓެއްގައިވެސް ބުދު ބަހައްޓައިފި އެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ބުދު ބަހައްޓާފައިވަނީ "ދަ ރެސިޑެންސް މޯލްޑިވްސް ރިސޯޓް" ގައި އެވެ.
ބައެއް ފޮޓޯތައް ލިބިފައިވާއިރު ދުވަހަށް މައުލޫމާތު ހިއްސާކުރި އެކަކު ބުނީ ބުދުތައް ފުރަތަމަ ބަހައްޓާފައިހުރީ "ކްރިސްޓްމަސް ނައިޓް ބުފޭ" ގައި ކަމަށާއި ނަމަވެސް ބުފޭ ނިމުމުން ރަށު ތެރޭގެ އެކި ތަންތާނގައި އެ ބަހައްޓާފައިވާކަމަށެވެ.
ދުވަހަށް މައުލޫމާތު ދިން މީހާ އިތުރަށް ބުނީ އެ ރިސޯޓުގެ އެކި ސަރަހައްދުތަކުގައި މިހާރު ބުދު ބަހައްޓާފައިހުރި އިރު ފޮޓޯ ނެގުން މަނާ ކަމަށާއި ފޮޓޯ ނަގައިފިކަން އެނގިއްޖެ ނަމަ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް