މެލޭޝިޔާގައި ވިހޭތާ ކުއްޖަކު މަގުމަތީގައި ބާއްވާފައި އޮތީ އަސަރުގަދަ ސިޓީއަކާއެކު

މެލޭޝިޔާގެ ބުކީތު ލާރޫތު ސިޓީގައި، އުފަންވިތާ މަދު ވަގުތުކޮޅެއް ވެފައިވާ ކުއްޖަކު މަގުމަތީގައި ބާއްވާފައި އޮއްވާ ފެނިއްޖެ އެވެ. އެ ކުއްޖާގެ ކައިރީގައި އަސަރުގަދަ ސިޓީއެއް އޮތް ކަމުގައި މެލޭޝިޔާގެ މީޑީ...

26 Dec 2017 | 05:05

މެލޭޝިޔާގެ ބުކީތު ލާރޫތު ސިޓީގައި، އުފަންވިތާ މަދު ވަގުތުކޮޅެއް ވެފައިވާ ކުއްޖަކު މަގުމަތީގައި ބާއްވާފައި އޮއްވާ ފެނިއްޖެ އެވެ. އެ ކުއްޖާގެ ކައިރީގައި އަސަރުގަދަ ސިޓީއެއް އޮތް ކަމުގައި މެލޭޝިޔާގެ މީޑީއާތަކުން ރިޕޯޓް ކޮށްފައި ވެ އެވެ.

އެ ކުއްޖާ ފެނިފައިވަނީ އެ ސިޓީގެ ކަމްޕުންގް ކުރިނިއާ ސަރަހައްދުގައި އުޅުނު މީހަކު މަސައްކަތް ނިންމާލުމަށްފަހު ސައިކަލުގައި ގެއަށް ދިޔަ މަގުމަތީގައި އެވެ. އޭނާއަށް އެ ކުއްޖާ ފެނުނީ ކުއްޖަކު ރޯ އަޑު އިވޭތީ ގޮސް ބެލި ބެލުމުންނެވެ.

ފޫޅުވެސް ބުރި ނުކޮށް ބާއްވާފައިއޮތް އެ ކުއްޖާގެ ކައިރީގައި ސިޓީއެއް އޮތް އިރު އެ ސިޓީގައި ބުނެފައިވަނީ ދަރިއަކު އެގޮތަށް ދޫކޮށްލަން ޖެހޭތީ ހިތާމަކުރާ ކަމަށާއި ނަމަވެސް އެގޮތަށް އެކަން ކުރަންޖެހުނީ ދަރިފުޅުގެ ސަލާމަތާއި ރައްކަލައްޓަކައި ކަމަށާއި އަދި އެ ދަރިފުޅުގެ މުސްތަގުބަލަށްޓަކައި ކަމަށެވެ. އަދި އެ ކުއްޖާއަށް ރަނގަޅަށް ކަންތައް ކޮށްދިނުމަށްވެސް އެ ސިޓީގައި އެދިފައި ވެ އެވެ.

މަގުމަތިން އެ ކުއްޖާ ފެނުނު މީހާ އެކަން ކަމާއިބެހޭ ފަރާތްތަކަށް ރިޕޯޓް ކުރުމުން އެ ކުއްޖާ ހޮސްޕިޓަލަކަށް ގެންދެވުނެވެ. ހޮސްޕިޓަލުން ބުނެފައިވަނީ އެ ކުއްޖާ އުފަންވެފައިވާކަމަށް ބެލެވެނީ ފެނުނު ވަގުތުގެ ދެ ގަޑިއިރު ނުވަތަ ތިން ގަޑިއިރު ކުރިން ކަމުގައި ބެލެވޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް