ދެ ގޯލްކީޕަރެއް ނިއުރޭޑިއަންޓާއި ގުޅިއްޖެ

2  ގޯލް ކީޕަރުން ނިއުރޭޑިއަންޓަށް މިއަދު ސޮއެކޮށްފިއެވެ. ބިދޭސީ ގޯލް ކީޕަރެއްގެ އިތުރުން ނިއުއާއި ގުޅިފައިވަނީ ކުރީގެ ބީޖީ އަދި އީގަލްސްގެ ކީޕަރ ޔަމާންއެވެ. ނިއުއިން ސޮއެކޮށްފައިވާ ބިދޭސީ ގޯލް ކީޕަރަކ...

26 Dec 2014 | 05:26

2  ގޯލް ކީޕަރުން ނިއުރޭޑިއަންޓަށް މިއަދު ސޮއެކޮށްފިއެވެ.

ބިދޭސީ ގޯލް ކީޕަރެއްގެ އިތުރުން ނިއުއާއި ގުޅިފައިވަނީ ކުރީގެ ބީޖީ އަދި އީގަލްސްގެ ކީޕަރ ޔަމާންއެވެ.

ނިއުއިން ސޮއެކޮށްފައިވާ ބިދޭސީ ގޯލް ކީޕަރަކީ އުމުރުން 23 އަހަރުގެ ޕެޑްރޯ މަރެންކޯއެވެ. ފިލިޕީންސް ލީގުގެ ކުރީގެ ޗެމްޕިއަން ސްޓޭލިއަން އެފްސީގެ ގޯލަ ކުރިން ބެލެހެއްޓި މަރެންކޯ ވޭތުވެދިޔަ ސީޒަންގައި ކުޅެފައިވަނީ ފިލިޕީންސްގެ ޔުނައިޓެޑް ފުޓުބޯޅަ ލީގު ޑިވިޝަން 1 ގެ ލޮޔޯލާއަށެވެ.

ނިއުއަށް ކުޅެމުންއައި ގައުމީޓީމުގެ ކީޕަރ އިމްރާން މާޒިޔާއަށް ސޮއެކުރުމާއި ގުޅިގެން ނިއުއަށްވަނީ އަންނަ ސީޒަންގައި އިމްރާން ރިޕްލޭސް ކުރުމަށް މަސައްކަތް ކުރަންޖެހިފައެވެ.

ބިދޭސީ ކީޕަރގެ އިތުރުން ދެން ނިއުރޭޑިއަންްޓާއި މިއަދު ގުޅުނު ޔަމާން ނިއުއާއި ގުޅިފައިވަނީ 2 އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް