ކުއްޖަކު މަރުވި އެކްސިޑެންޓެއްގައި ހިމެނޭ ކާރުގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

26 Nov 2026 | 09:58
ކުއްޖަކު މަރުވި އެކްސިޑެންޓެއްގައި ހިމެނޭ ކާރުގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

ހުޅުމާލޭ ފޭސް ދޭއްގައި ޕާކުކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯވެ ބޭނުން ނުކުރެވޭ އަނދައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ކާރުގައި ރޯވީ ވިނަރެސް ޓަވަރު 3 ގެ ބީ ބްލޮކް ކައިރީގައި އޮއްވަ ކަމަށެވެ. ހާދިސާގެ ރިޕޯޓު ކުރީ ރޭ ދަންވަރު 2:17 ހާއިރު އެވެ.

Advertisement

އަލިފާން ނިވާލީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، ހުޅުމާލެ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެގެންނެވެ. އަލިފާން އެއްކޮށް ނިއްވާލެވިފައި ވަނީ ރޭ 02:39 ހާއިރުއެވެ.

އެމްއެންޑިއެފުން ބުނީ މި ހާދިސާގައި އަލިފާން ރޯވި ކާރު ބޭނުން ނުކުރެވޭވަރަށް އަނދާފައިވާ ކަމަށެވެ. އަދި، އެ ކާރު ކައިރީ އޮތް އިތުރު ކާރަކަށް ވަނީ ހޫނުގެ އަސަރުކޮށްފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކާރަކީ ހުޅުމާލޭ ވިނަރެސް ފްލެޓު ކައިރީ މިދިޔަ އޮގަސްޓް މަހު އެކްސިޑެންޓެއް ހިނގައި ކުއްޖަކު މަރުވި ހާދިސާގައި ފުލުހުން ތަހުގީގަށް ގެންދިޔަ ކާރެކެވެ. އެނގިފައިވާ ގޮތުގައި ކުއްޖާ ބިންމައްޗަށް ވެއްޓުނު ވަގުތު މި ކާރު އައީ ފަހަތުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް