ހުޅުމާލޭގައި ކަޓަރާއި ވަޅި ހިފައިގެން މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

26 Nov 2026 | 09:21
ފޮޓޯ: ޕޮލިސް

ފޮޓޯ: ޕޮލިސް

ހުޅުމާލެ ދިއްގާމަގު ބީޗް ސަރަހައްދުގައި މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ހާދިސާގެ ރިޕޯޓު ކުރީ ރޭ 10:50 ހާއިރު ކަމަށެވެ. ފުލުހުންނަށް ރިޕޯޓުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅޭކަމަށް ބުނެ އެވެ.

Advertisement

ފުލުހުން އެ ސަރަޙައްދަށް ގޮސް އެތަނުގައި ހުރި މީހަކު ހުއްޓުވައި ބަލައިފާސްކޮށް، އޭނާ ހުރި ތަނާ ކައިރިން ވަޅިއަކާއި ކަޓަރެއް ފެނިފައިވެއެވެ. އަދި އޭނާގެ ހަށިގަނޑު ބަލައި ފާސްކުރިއިރު، ލައިގެން ހުރި ސޯޓުގެ ޖީބުން ހުޑް މާސްކެއް ފެނިފައިވެއެވެ.

މީގެ އިތުރުން، ފުލުހުން އެ ސަރަހައްދު އިތުރަށް ބަލައި ފާސްކުރު ތެރޭގައި އެ ސަރަޙައްދުން އިތުރު 2 ބަޔޮނެޓް ވަނީ ފެނިފައެވެ.

މި މައްސަލައާ ގުޅިގެން، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި އެމީހާ ވަނީ ހައްޔަރުކޮށްފައި އެވެ. އަދި މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ އިތުރު ފަސް މީހަކު ރޭގެ ވަގުތެއްގައި ހުޅުމާލޭގެ އެހެން ސަރަހައްދަކުން ވަނީ ހައްޔަރުކޮށްފައި އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް