މަންޓާ އެއާގެ ހަ ވަނަ ސީޕްލޭން ރާއްޖެ ގެނެސްފި

އެއާލައިން ހިންގުމުގެ ދާއިރާގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ މަންޓާ އެއާ އިން އެ އެއާލައިންގެ ހަ ވަނަ ސީޕްލޭން މިއަދު ރާއްޖެ ގެނެސްފިއެވެ. ހަ ވަނަ ސީޕްލޭން މަންޓާއިން މިއަދު ރާއްޖެ ގެނެސްފައިވާއ...

26 Nov 2019 | 13:01

އެއާލައިން ހިންގުމުގެ ދާއިރާގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ މަންޓާ އެއާ އިން އެ އެއާލައިންގެ ހަ ވަނަ ސީޕްލޭން މިއަދު ރާއްޖެ ގެނެސްފިއެވެ.

ހަ ވަނަ ސީޕްލޭން މަންޓާއިން މިއަދު ރާއްޖެ ގެނެސްފައިވާއިރު މަންޓާއިން އެ އެއާލައިނުން ވަނީ ސީޕްލޭން ގެ ހިދުމަތް މި މަހުގެ 17 ވަނަ ދުވަހު ވަނީ ފަށާފައެވެ. ސީ ޕްލޭން ޓާމިނަލް އެ ދުވަހު ރަސްމީކޮށް ހުޅުވައި ސީޕްލޭންގެ ހިދުމަތް މަންޓާއިން ފަށާފައިވާއިރު މަންޓާ އެއާގެ ސީޕްލޭން ފްލީޓްގައި ޖުމްލަ 10 އުޅަނދު ހިމެނޭނެ ކަމަށް މަންޓާއިން ކުރިން ބުނެފައިވެއެވެ.

ސީޕްލޭންގެ ހިދުމަތް މަންޓާއިން ވަރުގަދަކޮށް ފުޅާކުރަމުން އަންނައިރު ޑޮމެސްޓިކް ދަތުރުތައްވެސް އަންނަނީ ވަރުގަދަ ކުރަމުންނެވެ. އެގޮތުން މަންޓާ އެއާގެ ފްލައިޓްތައް ރާއްޖޭގެ އައު މަންޒިލަކަށް ދަތުރުކުރަން ފަށަން ތައްޔާރުވަމުން އަންނަކަން މިހާރު ވަނީ އިއުލާނުކޮށްފައެވެ. އަދި އެ މަންޒިލަކީ ކޮބައިކަން މި ހަފްތާގެ ތެރޭގައި އިއުލާނުކުރާނެ ކަމަށް މަންޓާ އެއާއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް