ބުރުގާއަށް ޖަހާ ޕިން އަނގައަށް ނުލުމަށް އައިޖީއެމްއެޗުން އިލްތިމާސްކޮށްފި

އެއްވެސް ސަބަބަކާ ހުރެ ބުރުގާއަށް ޖަހާ ޕިން އަނގަޔަށް ނުލުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން އިލްތިމާސްކޮށްފިއެވެ. އައިޖީއެމްއެޗްއިން މިފަދައިން އިލްތިމާސްކޮށްފައި މިވަނީ...

26 Nov 2019 | 08:54

އެއްވެސް ސަބަބަކާ ހުރެ ބުރުގާއަށް ޖަހާ ޕިން އަނގަޔަށް ނުލުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން އިލްތިމާސްކޮށްފިއެވެ.

އައިޖީއެމްއެޗްއިން މިފަދައިން އިލްތިމާސްކޮށްފައި މިވަނީ އިއްޔެ އުމުރުން 19 އަންހެން ކުއްޖެއްގެ ބަނޑުން އޮޕަރޭޝަން ކޮށްގެން ޕިން އެއް ނަގާފައި ވަނިކޮށެވެ.

އައިޖީއެމްއެޗުން ބުނީ ރާއްޖޭގައި ބުރުގާއަށް ޖަހާ ޕިން އަނގަޅަށް ލުމުގެ ސަބަބުން އެތައް ހާދިސާތަކެއް ހިނގާދައިވާކަމަށެވެ. އެގޮތުން އެއްވެސް ސަބަބަކާ ހުރެ ބުރުގާއަށް ޖަހާ ޕިން އަނގަޔަށް ނުލުމަށް އެހޮސްޕިޓަލުގެ ޑޮކްޓަރުން ވަނީ އިލްތިމާސްކޮށްފައެވެ.

https://twitter.com/igmhmv/status/1199220652005347334

އައިޖީއެމްއެޗުން ބުނެފައިވަނީ، މިކަހަލަ ތޫނު އެއްޗެހި އަނގަޔަށް ލައިގެން ލިބޭ ގެއްލުމެއްގެ ސަބަބުން ބަނޑުގެ ބޮޑު އޮޕަރޭޝެއްވެސް ކުރަން ޖެހިދާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް