ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސް އޮފިސަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން މައުލޫމާތުދެއްވާގޮތުގައި މޯލްޑިސްވް ޕޮލިސް ސަރވިސްގެ ހެޑްކުއާޓާޒްގައި އޮތް މި ބައްދަލުކުރެއްވުމުގައި، ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކުރުމަށާއި އިޞްލާހުކުރުމަށް ކުރަންޖެހޭކަންކަމާބެހޭގޮތުން، ރައީސުލްޖުމްހޫރިއްޔާ ފުލިހުންގެ މުއައްސަސާގެ އިސްވެރިންނާ މަޝްވަރާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފުލުހުންގެ މުއައްސަސާއަކީ، ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދޭންޖެހޭ މުއައްސަސާއެއްކަން ފާހަގަކުރެއްވިއެވެ. އަދި ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ފުލުހުންގެ މުއައްސަސާ ހެދުމައްޓަކައި ކުރަންޖެހޭ ކަންކަންކުރުމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް