ހޯމް މިނިސްޓަރު އިމްރާން ކަރެކްޝަންސްގެ ވެރިންނާއި ބައްދަލުކުރައްވައިފި

ކަރެކްޝަނަލް ސަރވިސްގެ އިސްވެރިންނާ، މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝެއިޚް އިމްރާން ޢަބްދުﷲ ބައްދަލުކުރައްވައިފިއެވެ. ކަރެކްޝަނަލް ސާވިސްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމަކީ މިނ...

26 Nov 2018 | 13:13

ކަރެކްޝަނަލް ސަރވިސްގެ އިސްވެރިންނާ، މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝެއިޚް އިމްރާން ޢަބްދުﷲ ބައްދަލުކުރައްވައިފިއެވެ.

ކަރެކްޝަނަލް ސާވިސްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމަކީ މިނިސްޓަރ އޮފް ހޯމް އެފެއަރޒްގެ މަޤާމާއި އައްޝެއިޚް އިމްރާން ޢަބްދުﷲ ހަވާލުވެވަޑައިގެންނެވުމަށްފަހު  މުއައްސަސާގެ އިސްވެރިންނާއިއެކު ބޭއްވި ފުރަތަމަ ބައްދަލުކުރެއްވުމެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒަށް ކަރެކްޝަނަލް ސަރވިސްގެ އެކިދާއިރާތަކާއި ގުޅޭ މަޢުލޫމާތު ވަނީ ހިއްސާކޮށްފައި ކަމަށާއި އަދި  މުއައްސަސާ މިހާރަށްވުރެ ތަރައްޤީކޮށް ކުރިއެރުވުމަށް ކުރެވެންހުރި މަސައްކަތްތަކާއި ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައިވާކަމުގައި ކަރެކްޝަންސުން ބުނެއެވެ.

ކަރެކްޝަންސުން ހާމަކޮށްފައިވާގޮތުގައި މިއަދުގެ މި ބައްދަލުކުރެއްވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލް އާއި، ޖަލުތަކުގެ ޑައިރެކްޓަރުންނާއި، ކޮމިޝަންޑް އޮފިސަރުން ބައިވެރިވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް