އެމްއެމްއޭ އިންޓަރންޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު މާދަމާ ހަމަވަނީ

އެމްއެމްއޭއިން އިންޓަރންޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު މާދަމާ ހަމަވާނެ ކަމަށް އެ އޮތީރިޓީން ބުނެފިއެވެ. އެމްއެމްއޭއިން މައުލޫމާތުދެއްވާގޮތުގައި މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހ...

26 Nov 2018 | 12:58

އެމްއެމްއޭއިން އިންޓަރންޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު މާދަމާ ހަމަވާނެ ކަމަށް އެ އޮތީރިޓީން ބުނެފިއެވެ.

އެމްއެމްއޭއިން މައުލޫމާތުދެއްވާގޮތުގައި މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ގްރޭޑް އެގާރަ ނިންމާފައިވާ ދަރިވަރުންނަށެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުން އެމްއެމްއޭގައި މަސައްކަތްކުރާނީ ޑިސެމްބަރ ދޭކުން ޖެނުއަރީ ތިނަކަށެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ކުދިންނަށް އެލަވަންސެއް ދޭ ގޮތަށް ވެސް އެ މަރުކަޒީ ބޭނުންކުން ވަނީ ހަމަޖައްސާފައެވެ.

މުސްތަގުބަލުގައި އެމްއެމްއޭގައި ނުވަތަ މާލީ ދާއިރާގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މީ ވަރަށް ޚާއްސަ ފުރުސަތެއްކަމަށް އެމްއެމްއޭއިން ބުންޏެވެ.

އިންޓަރންޝިޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެންމެ ފަހު ސެމިސްޓަރގެ ނަތީޖާ އާއި ސީވީ އަދި އައިޑީ ކާޑުގެ މާދަމާ އޮފީސް ބަންދުކުރުމުގެ ކުރިން އެމްއެމްއޭ އަށް ހުށަހެޅުމަށް ނުވަތަ އީމެއިލް ކުރުމަށް އެ އޮތޯރިޓީން އެދެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ ކުދިން ޚީޔާރުކުރުމުގައި ތައުލީމީ ނަތީޖާ އަށާއި ލީޑަރޝިޕް އަދި އިތުރުހަރަކާތްތަކުގައި ބައިވެރިވެފައިވާ މިންވަރަށް ރިޢާޔަތްކުރާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް