ދައުލަތަށް 70 މިލިޔަން ރުފިޔާ ދެއްކުމަށް މެގަ މޯލްޑިވްސްގެ މައްޗަށް ހުކުމްކޮށްފި

މިހާރު ހިދުމަތްދިނުން ހުއްޓާލާފައިވާ މެގަ މޯލްޑިވްސް އެއާލައިން ހިންގި މެގަ ގްލޯބަލް އެއަރ ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއަށް 70 މ...

26 Nov 2018 | 12:36

މިހާރު ހިދުމަތްދިނުން ހުއްޓާލާފައިވާ މެގަ މޯލްޑިވްސް އެއާލައިން ހިންގި މެގަ ގްލޯބަލް އެއަރ ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއަށް 70 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ހުކުމް ކޮށްފައިވަނީ ދައްކަންޖެހޭ ވިތުހޯލްޑިންގ ޓެކްސް އަދި އެ ފައިސާ އާއި ގުޅޭ ޖޫރިމަނާ އަދި އިންޓްރެސްޓް ދެއްކުމަށެވެ.

މީރާއިން ބުނެފައިވާގޮތުގައި އެފަރާތުގެ މައްޗަށް ޙުކުމް ކޮށްފައިވަނީ ވިތުހޯލްޑިންގ ޓެކްސް އަދި އެ ފައިސާ އާއި ގުޅޭ ޖޫރިމަނާ އަދި އިންޓްރެސްޓްގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ 70,226,280.00ރ (ހަތްދިހަ މިލިއަން ދެލައްކަ ސައްބީސް ހާސް ދުއިސައްތަ އަށްޑިހަ ރުފިޔާ)، 12 (ބާރަ) މަސްދުވަހުގެ ތެރޭގައި މީރާއަށް ދައްކާ ޚަލާޞް ކުރުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް