އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ނައިޓް މާރކެޓަށް ޑިސެމްބަރު މަހު ހަތަރު ވަނަ ދުވަހުން ފެށިގެން މޭޒު ދޫކުރުމަށް ތައްޔާރު ވެއްޖެ އެވެ.
ވިޔަފާރިވެރިންގެ ޖަމިއްޔާއިން ކުރިން ބާއްވަމުން ދިޔަ ނައިޓް މާކެޓު މި އަހަރުން ފެށިގެން އިންތިޒާމު ކުރާނީ ލިކަމެކް ކުންފުނިންނެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ލަބީބް ވިދާޅުވީ އަންނަ އަހަރުގެ އެޕްރީލް 18-27 އަށް ދަރުބާރުގޭގައި ކުރިއަށްދާ ނައިޓް މާކެޓުގައި 260 މޭޒު ބަހައްޓަން ނިންމާފައިވާ ކަމަށެވެ.
"ދަރުބާރުގެ އާއި ދަރުބާރުގެ ކައިރީގައި މި އަހަރު ނައިޓް މާކެޓު ބާއްވާނީ. މިފަހަރު ދަރުބާރުގޭގައި ނައިޓް މާކެޓު ބޭއްވުމުން ތަފާތު ޝޮޕިން އެކްސްޕީރިއަންސެއް އޮންނާނެ" ލަބީބް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 10 ރެއަށް ކުރިއަށްދާ މި އަހަރުގެ ނައިޓް މާކެޓު އިންތިޒާމު ކުރާނީ އަސަރީ ސާވިސަސްއިން ކަމަށެވެ. މި އަހަރު ނައިޓް މާކެޓުގެ ސްޓޯލްތައް ވިއްކާނީ 6،000ރ. އަށް ކަމަށް ވިދާޅުވި އެވެ.
"މިވަގުތު 260 މޭޒު ބެހެއްޓިނަމަވެސް އިތުރު 100 މޭޒު ބަހައްޓަން މިދަނީ މަސައްކަތް ކުރަމުން" ލަބީބް ވިދާޅުވި އެވެ.
ލިކަމެކް ކުންފުނިން ނައިޓް މާކެޓު މޭޒު ދޫކުރަން ހަމަޖައްސާފައިވަނީ ނޮވެމްބަރު 4، ގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށް ޝީ ބިލްޑިންގް ތިންވަނަ ފަންގިފިލާގަ އެވެ. މޭޒު ނަގަން އަންނައިރު އައިޑީކާޑު ގެންނަން އެ ކުންފުނިން އެދެ އެވެ. އަދި މިކަމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް 9409999 އަށް ގުޅުމަށް އެ ކުންފުނިން އެދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް