އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗް) ގައި ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މަސައްކަތްކުރާނެ ވިހި ރެޖިސްޓާޑް ނަރުހުން ހޯދަން އިއުލާނުކޮށްފި އެވެ.
އެ ހޮސްޕިޓަލުން މިއަދު ކުރި އިއުލާނުގައި ބުނީ، ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މަސައްކަތްކުރައްވާ ފަރާތްތަކުން މަސައްކަތް ކުރަން ޖެހޭނީ ދުވާލަކު 8 ގަޑިިއިރު، ހަފްތާއަކު 5 ދުވަހު ކަމަށެވެ. އަދި އެފަރާތްތަކުގެ މުސާރަ ކަނޑައެޅޭނީ މަސައްކަތްކުރާ ގަޑިއަށް ބެލުމަށްފަހު ކަމަށް ބުނެ އެވެ.
މޯލްޑިވްސް ނާސިން އެންޑް މިޑްވައިފްރީ ކައުންސިލް ގަބޫލުކުރާ ނާސިން ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލު ކޮށްފައިވާ ކޮންމެ ފަރާތަކަށް މި ފުރުސަތު އެބައޮތެވެ.
އެމަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ހުށަހަޅަން ޖެހޭ ހުރިހާ ލިޔެ ކިޔުމެއް އަންނަ މަހުގެ ދެވަނަ ދުވަހުގެ 13:00 ގެ ކުރިން އައިޖީއެމްއެޗުގެ 11 ވަނަ ފަންގިފިލާގެ، ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށް ހުށަހަޅަން ޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް