ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި

ރައީސް ޞާލިޙް އައްޔަން ކުރައްވާފައިވާ ވަޒީރުންނަށް ރުހުން ދިނުމުގެ  މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ދިރާސާކުރާ ކޮމިޓީއަށް ފޮނުވައިފިއެވެ. މި މައްސަލަ އެ ކޮމިޓީއަށް ފޮނުވާފައިވާއިރު ރައީސް ޞާލިޙްގެ ވަ...

26 Nov 2018 | 04:50

ރައީސް ޞާލިޙް އައްޔަން ކުރައްވާފައިވާ ވަޒީރުންނަށް ރުހުން ދިނުމުގެ  މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ދިރާސާކުރާ ކޮމިޓީއަށް ފޮނުވައިފިއެވެ.

މި މައްސަލަ އެ ކޮމިޓީއަށް ފޮނުވާފައިވާއިރު ރައީސް ޞާލިޙްގެ ވަޒީރުންގެ މަޖިލީހުގެ ބަންޑާރަނައިބާއެކު 20 ބޭފުޅަކު ތިއްބަވައެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި އެ 20 ބޭފުޅުން އައްޔަން ކުރައްވާފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

ގާނޫނު އަސާސީގައި ބުނެފައިވާގޮތުގައި ކެބިނެޓްގައި ވަޒީރުންނަށް ތިބެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ. އަދި ވަޒީރު ކަމަށް އައްޔަންކުރާތާ ހަތް ދުވަހުގެ ތެރޭގައި ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖެހެއެވެ.

ރައީސް ޞާލިޙްގެ ކެބިނެޓަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެދުގައި ބަހާލެވިފައިވާ ކެބިނެޓެކެވެ. އެގޮތުން ކެބިނެޓްގެ 40 އިންސައްތަ އެމްޑީޕީއަށް ދީފައިވާއިރު ކެބިނެޓްގެ 25 އިންސައްތަ ދީފައިވަނީ ޖުމްހޫރީ ޕާޓީއަށެވެ. ރައީސް މައުމޫންގެ އެމްއާރުއެމްއަށް 20 އިންސައްތަ ކެބިނެޓުން ދީފައިވާއިރު އަދާލަތު ޕާޓީއަށް ދީފައިވަނީ 15 އިންސައްތައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް