މަހްލޫފްގެ ކާރުކޮޅު ބާއްވަން އެހެން ސަރަހައްދެއް ހަމަޖައްސައިދޭން އެދިލައްވަނީ

ޒުވާނުންގެ މިނިސްޓަރު އަހްމަދު މަހްލޫފްގެ ކާރުކޮޅު ބާއްވަން ކަނޑައަޅާފައިވާ ޕާކިން ސްލޮޓް އެހެން ސަރަހައްދަކަށް ބަދަލުކޮށްދޭން އެދިލައްވާނެ ކަމުގައި މިނިސްޓަރު މަހްލޫފް ވިދާޅުވެއްޖެވެ. މިނިސްޓަރު މަހް...

26 Nov 2018 | 04:33

ޒުވާނުންގެ މިނިސްޓަރު އަހްމަދު މަހްލޫފްގެ ކާރުކޮޅު ބާއްވަން ކަނޑައަޅާފައިވާ ޕާކިން ސްލޮޓް އެހެން ސަރަހައްދަކަށް ބަދަލުކޮށްދޭން އެދިލައްވާނެ ކަމުގައި މިނިސްޓަރު މަހްލޫފް ވިދާޅުވެއްޖެވެ.

މިނިސްޓަރު މަހްލޫފް މިހެން ވިދާޅުވެފައިވަނީ މަހްލޫފްގެ އެޕާޓްމެންޓްގެ ކުރިމަތީގައި މަހްލޫފަށް ހާއްސަ ޕާކިން ސްލޮޓް ހައުސިން މިނިސްޓްރީން ގާއިމްކޮށްފައިވާއިރު އެކަމުގެ ޝަކުވާ އާންމު ރައްޔިތަކު ޓްވިޓާގައި ކުރެއްވުމުންނެވެ.

ޓްވިޓާގައި އެކަމުގެ ޝަކުވާ އުފުލި ފަރާތުން ބުނެފައިވަނީ ކޮށްފައި އެއޮތީ ވަރަށް ގޯސް ކަމެއް ކަމަށެވެ. އަދި އެޕާޓްމެންޓްގެ ކުރިމަތިން ޖާގަ ނަގަންޖެހޭތޯ ސުވާލުކޮށްފައިވެއެވެ.

https://twitter.com/AhmedMahloof/status/1066758150819262464

އެ ޓްވީޓް ކުއޯޓްކޮށް މިނިސްޓަރު މަހްލޫފް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ އެ ޖާގަ އެހެން ތާކަށް ބަދަލުކޮށްދިނުމަށް ހައުސިން މިނިސްޓްރީގައި އެދިލައްވާނެ ކަމަށާއި މިހާރު އޮތް ޖާގަ އާންމުންނަށް ދޫކޮށްލުމަށްވެސް އެދިލައްވާނެ ކަމަށެވެ. އަދި އެކަން އޭނާގެ ސަމާލުކަމަށް ގެނެސްދިނީތީ ޝުކުރުއަދާކުރައްވާކަމުގައިވެސް މަހްލޫފް ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް