ގޭތެރޭގެ މަސައްކަތްތަކަކީ އެއް ބަޔަކު މާކަ ގަޔާވާ ކަމަކަށް ނުވެ އެވެ. އެހެންކަމުން ބަޔަކު އެކަންކަން ކުރުމަށް ނޯކަރުންވެސް ގެންގުޅެތެވެ. އެހެނަސް ދިވެހި ބައެއް ކަނބަލުންނަކީ ގޭތެރޭގެ އެކި ކަންކަމުގައި އަބަދުވެސް މަސްއޫލުވެ އުޅޭ ހީވާގި ކަނބަލުންނެވެ.
ގޭތެރޭގެ އެކި އެކި މަސައްކަތްތައް ކުރާއިރު އެކަންތައްތަކުން ކިހާ ކެލޮރީއެއް އަންދާލެވޭކަން ކިޔުންތެރިންނަށް އެނގޭ ހެއްޔެވެ. އެކަމުގެ ދިރާސާއެއް ކެލޮރީ ލެބް ކިޔާ ކުންފުންޏަކުން މިވަނީ ހަދާފަ އެވެ. މި ދިރާސާ ތައްޔާރުކޮށްފައިވަނީ ބަރުދަނުގައި 55 ކިލޯ ހުރި އަންހެނެއްގެ މަސައްކަތަށް ބެލުމަށްފަހުގަ އެވެ.
ގޭގައި މޮޕު ލުން:
އެ ދިރާސާއިން ދައްކާފައިވާގޮތުގައި އެންމެ ފަނަރަ މިނެޓު ވަންދެން ގޭތެރޭގައި މޮޕު ލައިފިނަމަ 34 ކެލޮރީ އަންދާލެވެ އެވެ. އަދި އެއްގަޑިއިރު މޮޕު ލައިފިނަމަ 138 ކެލޮރީ އަންދާލެވެ އެވެ.
ތަށިތައް ދޮވުން:
15 މިނެޓް ވަންދެން ތަށި ދޮވެފިނަމަ 18 ކެލޮރީ އަންދާލެވޭ، އެއް ގަޑިއިރު ވަންދެން ތަށި ދޮވެފިނަމަ 72 ކެލޮރީ އަންދާލެވޭ.
ވެކިއުމް ކުރުން:
15 މިނެޓް ވަންދެން ވެކިއުމް ކޮށްފިނަމަ 34 ކެލޮރީ އަންދާލެވޭ، އެއް ގަޑިއިރު ވަންދެން ވެކިއުމް ކޮށްފިނަމަ 138 ކެލޮރީ އަންދާލެވޭ.
އެއްޗެހި ދޮވުން:
15 މިނެޓް ވަންދެން އެއްޗެހި ދޮވެފިނަމަ 14 ކެލޮރީ އަންދާލެވޭ، އެއް ގަޑިއިރު ވަންދެން އެއްޗެހި ދޮވެފިނަމަ 55 ކެލޮރީ އަންދާލެވޭ.
އިސްތިރި ކުރުން
15 މިނެޓް ވަންދެން އިސްތިރިކޮށްފިނަމަ 18 ކެލޮރީ އަންދާލެވޭ، އެއް ގަޑިއިރު ވަންދެން އިސްތިރި ކޮށްފިނަމަ 72 ކެލޮރީ އަންދާލެވޭ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް