އިނގުރައިދޫ ސްކޫލްގެ ބެލެނިވެރިން ހޭލުންތެރި ކުރުވުމަށް ފުލުހުން ޕްރޮގްރާމެއް ހިންގައިފި

ސްކޫލު ބަންދާ ދިމާކޮށް ރ.އިނގުރައިދޫ ސްކޫލްގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ހިންގައިފިއެވެ. ފުލުހުން ބުނީ މިނޮވެމްބަރ މަހުގެ 22 ވަނަ ދުވަހުގެ ރޭ ރ. އިނގުރައި...

26 Nov 2017 | 06:28

ސްކޫލު ބަންދާ ދިމާކޮށް ރ.އިނގުރައިދޫ ސްކޫލްގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ހިންގައިފިއެވެ.

ފުލުހުން ބުނީ މިނޮވެމްބަރ މަހުގެ 22 ވަނަ ދުވަހުގެ ރޭ ރ. އިނގުރައިދޫ ޕޮލިސް ސްޓޭޝަނުން ހިންގި މި ޕްރޮގްރާމުގައި ވަނީ ކުޑަކުދިން ކުރާ ކުށްތަކާ ގުޅޭ މައްސަލަތަކާއި އެފަދަ މައްސަލަތައް މަދުކޮށް ކުޑަކުދިން ކުށަށް ހުށަހެޅުމުގެ ފުރުޞަތު ނުދިމަށް ބެލެނިވެރިން ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައި ކަމަށެވެ.

މި ޕްރޮގްރާމުގައި އިނގުރައިދޫ ސްކޫލުގެ ގިނަ ޢަދަދެއްގެ ބެލެނިވެރިން ބައިވެރިވެފައިވާއިރު މި ޕްރޮގްރާމުގައި މަޢުލޫމާތު ދީފައިވަނީ ރ. އިނގުރައިދޫ ޕޮލިސް ސްޓޭޝަންފައި މަސައްކަތްކުރާ ފުލުހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް