ކޮންމެ މީހެއްވެސް ޤުރުއާނުގެ ރިކޯޑިންގ އަޑުއަހާނެއެވެ. އެހެންނަމަވެސް އެކިއެކި ޤާރީންގެ ކިޔެވުމުގެ އަޑު ވަކިވަކިން ހޯދުމަކީ އުނދަގޫވާނެ ކަމެކެވެ. މިއޮތީ އެކަމަށް އޮތް ހައްލެކެވެ.
މަޝްހޫރު ގުރުއާން އެޕްލިކޭޝަން “ގުރުއާން ސެންޓުރަލް” މެދުވެރިކޮށް 270 ގާރީންގެ ގުރުއާން އަޑު އަހާލުމުގެ ފުރުސަތު ލިބޭނެއެވެ. މިއީ މިހާތަނަށް އުފެއްދި އެންމެ ބޮޑު “ޤުރުއާން ރިކޯޑިން” ކަލެކްޝަންއެވެ.
މިއެޕްލިކޭޝަން މެދުވެރިކޮށް އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަޑުން ވެސް ގުރުއާން އަޑު އަހާލެވޭނެއެވެ.
މިއެޕްލިކޭޝަންގެ އެންޑުރޮއިޑް ވާޝަން އާއި އައިއޯއެސް ވާޝަންވެސް މިހާރު ލިބެން އެބަހުއްޓެވެ.
މި އެޕްލިކޭޝަނާއި ޑެސްޓޮޕް ވާޝަން ވެސް ލިބެން ހުރިއިރު މި ވާޝަން މެދުވެރިކޮށް ވަކިވަކި ސޫރަތްތައް އަޑު އަހާލާ، ގުރުއާންގެ މާނަވެސް ބަލާލެވެއެވެ.
މިއެޕްލިކޭޝަން އަކީ ސައުތު އެފްރިކާގެ މުސްލިމް ސެންޓްރަލް އެޕްލިކޭޝަންގެ އުފެއްދުމެކެވެ.
ޤުރުއާން ސެންޓްރަލް ވެބްސައިޓު



ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް