އެއީ އެބޭފުޅަކަށްޓަކައި މުޅި އިސްލާމީ އުއްމަތް ފަޚުރުވެރިވާ ވަރުގަދަ ޝަޚުސިއްޔަތެކެވެ. މައްކާގެ މުޝްރިކުންގެ އަނިޔާވެރިކަމުގެ އިންތިހާގައި "އަހަދުން" "އަހަދުން" އޭ ވިދާޅުވެ ހިތްވަރު ދެއްކެވި މާތް ސަހާބީ ބިލާލުގެ ފާނެވެ. ކެތްތެރިކަމުގެ ލާމަސީލު މިސާލެކެވެ. އެއީ އަޅަމެންގެ މާތް ނަބިއްޔާ ސއވ ގެ މުއައްޒިންއެވެ. ރަސޫލާ އަވަހާރަވުމުން ބިލާލުގެ ފާނަށް ބަންގި ވިދާޅުވާން ދަތިފުޅުވީ މުހައްމަދުއް ރަސޫލުﷲ އޭ ގޮވާލާއިރު އެކަލޭގެ ހިތްޕުޅަށް ކުރާ އަސަރަކުންނެވެ. ރަސޫލާގެ ދެކެ ވާލޯބިންނެވެ.
ހަސަނުގެ ފާނާއި ހުސޭނުގެ ފާނުގެ އެދިލެއްވުމަކަށް ދުވަސްތަކަކަށްފަހު ބިލާލުގެ ފާނު ބަންގި ވިދާޅުވިއެވެ. މަދީނާގެ މުސްލިމުން ކަރުނައަޅާ ރޯން ފެށިއެވެ. އާއެކެވެ. ރަސޫލާގެ ހަނދާންތައް އާވީއެވެ. އެއީ ސަހާބީން ފުރާނައަށް ނުކުރާ ލޯބި ކުޅަ މާތް ނަބިއްޔާ އެވެ. އޭ ލޮބުވެތި އަޚާއެވެ. އޭ ލޮބުވެތި އުޚުތާއެވެ. މި ވީޑިއޯ ބަލާފަ ތިބާގެ ލޮލުން ކަރުނަ އޮހެރޭނެއެވެ. ބިލާލުގެ ފާނުގެ ރަސޫލާ ދެކެވާ ލޯބިން ތިމާގެ ހިތް ކުދިކުދިވާނެއެވެ.
https://www.youtube.com/watch?v=ZKE0QMWHu6I&feature=youtu.be
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް