ކައިވެންޏަށްފަހު އަނބިމީހާގެ ހުރިހާ ޚަރަދެއް ބަލަހައްޓަން ޖެހޭނީ ފިރި މީހާއެވެ. އަނބިމީހާ ބޭނުންވާ ހުރިހާ އެއްޗެއް ހޯދައިދީ އޭނާ އުޅެން ބޭނުންވާ ފެން ވަރުގައި ގެން ގުޅެވޭނެ ފަދަ ފިރިމީހާގެ ކިބައިގައި ހުންނަން ޖެހޭނެއެވެ. އަނބިމީހާ ބޭނުންވާނަމަ ނިކުންނަ ހުރިހާ ފިލްމެއް ބަލަން ފޮނުވަން ޖެހޭނެއެވެ. ރީތިވާ ހުރިހާ ސާމާނުގެ ޚަރަދު ބަލަހައްޓައިދޭން ޖެހޭނެއެވެ. ސެލޫން ތަކާއި ސްޕާތަކަށް ދިޔުމުގެ ޚަރަދު ބަލަހައްޓައިދޭން ޖެހޭނެއެވެ. ބޭނުންވާ މީރު ކެއުން ބޭނުންވާ ތަނަކުން ކާންދޭން އަބަދު ޖެހޭނެއެވެ. އަހަރުގެ ކޮންމެ ދުވަހެއް ފާހަގަ ކުރިނަމަވެސް އެދުވާހަކާ ގުޅިގެން ކޮންމެވެސް ކަހަލަ ހަދިޔާއެއް ދޭންވާނެއެވެ. އެއާއެކު އަދި އަގު ބޮޑު، ބޮޑު މާ ބޮނޑިއެއް ދީފިނަމަ އެވަރުގެ ފިރިޔެއް ނުހުންނާނެއެވެ.
އަދި މިވަރުން ނިމުނީކީ ނޫނެވެ. ކައިވެނި ކުރަން އަހާ އިރު އަންހެން ކުއްޖާ ބޭނުންވާނެ ފަދަ ބޮޑު ރީތި ޕާޓީއެއް ބޭއްވޭނެ ވަރަށް ފައިސާ އެއްކޮށްފައި ހުންނަންވާނެއެވެ. ކީއްވެ ހެއްޔެވެ؟ އަންހެން ކުއްޖަކު ކުޑައިރުއްސުރެ އެންމެ ރާވަމުން އެންމެ ބޮޑަށް ޚިޔާލުގައި ފަރުމާ ކުރަމުން އަންނާނީ އެ ޕާޓީއެވެ. އެހާދުވަހު ދެކުނު ހުވަފެން ކުދި ކުދި ކޮށްލަން ހެޔޮވާނެ ހެއްޔެވެ؟ އަދި ނުވިތާކަށް އޭނާ އެއަންނަނީ އޭނާގެ އާއިލާ ދޫކޮށްފައި ފިރިމީހާއާއި އޭނާގެ އާއިލާއާ އެކު އުޅޭށެވެ. އަދި ފިރިމީހާއަށްޓަކައި އޭނާގެ ރީތިކަން ގުރުބާން ކޮށްފައި ދަރިން ހޯދައިދެއެވެ.
މިއީ ގިނަބަޔެއްގެ ވިސްނުން ހުންނަ ގޮތް ނަމަވެސް މިއީ އެއްގޮތަކަށްވެސް ރަނގަޅު ވިސްނުމެއް ނޫނެވެ. ޝަރުޢީ ގޮތުން އަނބިމީހާއާއި ދަރިންގެ ހުރިހާ ޚަރަދެއް ބަލަހައްޓަން ޖެހޭނީ ފިރިމީހާ ކަމާއި މެދު އެއް ގޮތަކަށްވެސް ދެބަސްވަނީކީ ނޫނެވެ. އަދި ކައިވެނި ކުރަންވާނީ އަނބިމީހާ ބެލޭނެ ފަދަ ހުރެގެންކަންވެސް ޤަބޫލު ނުކުރަނީކީ ނޫނެވެ. ނަމަވެސް ޙަޤީގަތަކީ މި ޒަމާނުގައި ދިރިއުޅުމުގެ އަގު އިންތިހާއަށް މައްޗަށް ގޮސްފައިވާކަމެވެ. ދެމީހުން އެކީ މަސައްކަތް ކޮށްގެން ނޫނީ ކޮންމެހެން ކުރަން ޖެހޭ ޚަރަދުތައް ވެސް ފޫ ނުބެއްދޭ ކަމެވެ. ސަބަބަކީ ހުރިހާ އެންމެންނަށް އެންމެ މައްޗަށް ކިޔެވުމުގެ ފުރުސަތު ލިބިފައި ނުވާކަމެވެ. އަދި މައްޗަށް ކިޔެވުނަސްވެސް އެދެވޭ ފަދަ ނުވަތަ އެކަށީގެންވާ މުސާރައެއް ނުލިބޭ ކަމެވެ. ބައެއްފަހަރު ބޮޑު މުސާރަ ލިބެނީ އަންހެން ކުއްޖާއަށެވެ. އަނެއްބައި ފަހަރު މިކަން އޮންނަނީ ދިމާ އިދިކޮޅަށެވެ. ވީމާ މިފަދަ ހާލަތެއްގައި އަހަރުމެންވާއިރު ހުރިހާ ޚަރަދެއް ކުރަން ޖެހޭނީ ފިރިމީހާ ކަމުގައި ކިޔާ ގަދަކޮށްގެން އުޅުން އެއީ އެންމެ އެދެވި ގެން ވާ ގޮތްހެއްޔެވެ؟
އިސްލާމްދީނުގައި ވަނީ އަނބިމީހާއާއި ދަރިން ބަލައި ޚަރަދު ކުރުމުގެ ޒިންމާ ފިރިމީހާއާއި ހަވާލުކުރައްވާފައެވެ. ނަމަވެސް ވިސްނައިލާށެވެ. ރަންކިޔުމު ގައި، ކައިވެނި ކުރާ ފިރިހެން ކުއްޖާއަށް ދެވޭނެ ފަދަ ރަނެއް ކިޔުން އެދެވިގެން ވެއެވެ. ވީމާ ކައިވެނިކޮށްގެން ޚަރަދު ކުރުމުގައިވެސް ފިރިމީހާއަށް ޚަރަދު ކޮށްދެވޭނެ މިންވަ ރަކުން އުޅުން އެއީ އެންމެ އެދެވިގެންވާނެ ގޮތް ނޫންތޯއެވެ؟ ބުނަން މިއުޅެނީ ބޭކާރު ޚަރަދުތައް މަދު ކުރުން ނުވަތަ އެއްކޮށް ހުއްޓައިލުން އެއީ އެންމެ ރަނގަޅު ގޮތްކަމުގައެވެ. ބޭ ކާރު ޚަރަދޭ މިބުނަނީ، މިސާލަކަށް، ނިކުންނަ ކޮންމެ ފިލްމެއް ބަލަން ދިޔުމެވެ. ނުވަތަ ކޮންމެ ދުވަހަކު ސެ ލޫނަށް ދިޔުމެވެ. ނުވަތަ ބޭނުން ކުރާ ވަރަށް ވު ރެ އިތުރަށް ހެދުން، ދަބަސް، ފައިވާން ފަދަ ތަކެތި ގަތުމެވެ. މިފަދަ ކަންކަމެވެ.
އަނބިމީހާދެކެ ލޯބިވާ ކޮންމެ ފިރިޔަކުވެސް ކޮންމެ ހާލެއްގައިވެސް އޭނާގެ އަނބި މީހާ އުފާކޮށްދީފައި ބަހައްޓަން އެދޭނެއެވެ. ވީމާ އިތުރު ވަގުތުތަކުގައި ވިޔަސް މަސައްކަތްކޮށްގެން އަނބިމީހާ ބޭނުންވާ ހުރިހާ ޚަރަދެއް ކޮށްދެވޭތޯ މަސައްކަތް ކުރެއެ ވެ. ނަމަވެސް ވިސްނައިލަމާތޯއެވެ؟ އަދި ހަތިޔާރު ބަހައްޓާފައި ޤަބޫލު ކުރަމާތޯއެވެ؟ މިޒަމާނުގައި ދިރިއުޅުމުގެ ޚަރަދު ތަކުގައި ދެމީޙުން ޚިއްސާވެގެން ނޫނީ ހަމަޖެހިގެން ދިރިއުޅެވޭކަށް ނެތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް