އިސްތަށިގަނޑު ރީތި ކުރަންއުޅުމުގެ ތެރޭގައި ބިޕާޝާއަށް އަނިޔާވެއްޖެއެވެ.
އޭނާގެ މޫނުގެ އެކިތަންތަން ފިހި މި ޙާދިޘާ ދިމާވީ އޭނާގެ އިސްތަށިގަނޑު ރީތިކުރަން އޭނާ މަސައްކަތްކުރަމުންދާ ސެޓަށް ގެނެސްފައި ހުރި ހެއަރ ސްޓައިލިސްޓެއްގެ ފަރުވާ ކުޑަކަމުންނެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބިޕާޝާ މިހާރު އަލަށް ކުޅެމުންދާ ފިލްމެއްގެ ޝޫޓިންގގައި މި ހެއަރ ސްޓައިލިސްޓް ވަނީ ބިޕާޝާ އާ ދޭތެރޭ ވަރަށް އިހާނެތިކޮށް ކަންތައް ކޮއްފައެވެ.
ބިޕާޝާ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އޭނާގެ މިއަދުގެ ޝޫޓިންގ ފެށުނީ ހެއަރ ސްޓައިލިސްޓެއްގެ އަތުން މޫނާއި އަތުގެ އެތައް ތަނެއް ފިހިގެން ކަމަށެވެ.
ބިޕާޝާ މިހާރު ކުރަމުންދަނީ މުޅިން އާ ކުރުވާހަކައެއްގެ މައްޗަށް ކުޅޭ ޑަރް ސަބްކޯ ލަގްތާ ހޭ ކިޔާ މި ޝޯވއެއްގެ މަސައްކަތެވެ. މިއިން ކޮންމެ އެޕިސޯޑެއްގައިވެސް ދައްކާނީ މުޅިން އާ ކުރު ވާހަކައެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް