ދެވަނައިގައި އޮވެ، ޕޮލިހުން ފުރަތަމަ ބުރު ނިންމާލައިފި

ޤައުމީ ވޮލީބޯޅަ ލީގުގައި ސްޕޯޓްސް ކުލަބު ސިޓީ ބަލިކޮށްމ ދެވަނައިގައި އޮވެ ޕޮލިސް ކްލަބުން ފުރަތަމަ ބުރު ނިންމާލައިފި އެވެ. ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗުގައި ސްޕޯޓްސް ކުލަބު ސިޓީ...

26 Nov 2015 | 15:11

ޤައުމީ ވޮލީބޯޅަ ލީގުގައި ސްޕޯޓްސް ކުލަބު ސިޓީ ބަލިކޮށްމ ދެވަނައިގައި އޮވެ ޕޮލިސް ކްލަބުން ފުރަތަމަ ބުރު ނިންމާލައިފި އެވެ.

ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗުގައި ސްޕޯޓްސް ކުލަބު ސިޓީގެ މައްޗަށް ޕޮލިސް ކުލަބުން ކުރި ހޯދާފައިވަނީ ސީދާ ތިން ސެޓުންނެވެ.

މިމެޗުގެ ސެޓްތައް ޕޮލިސް ކުލަބުން ކާމިޔާބުކޮށްފައިވަނީ 25-10، 25-11 އަދި 25-17 އިންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ޕޮލިސް ކުލަބުގެ މުހައްމަދު ޝާއިންނެވެ.

ރޭގެ މޮޅާއެކު ޕޮލިސް ކުލަބުން ޤައުމީ ވޮލީބޯޅަ ލީގު ދެވަނަ ހޯދީ، ހަތަރު މެޗުން ލިބުނު 9 ޕޮއިންޓާއެކުއެވެ. ލީގު އެއްވަނަ މަޤާމު 10 ޕޮއިންޓާއެކު ދިވެހި ސިފައިންގެ ކުލަބުން ހޯދިއިރު، ތިންވަނަ ހޯދީ، 8 ޕޮއިންޓާއެކީ މޯލްޑިވިއަން ރެކްރިއޭޝަން ކުލަބުއެވެ. ރޭ ޕޮލިސް ކުލަބުން ބަލިވި ސްޕޯޓްސް ކުލަބު ސިޓީ އޮތީ ތިން ޕޮއިންޓާއެކު ލީގުގެ ހަތަރުވަނަ މަޤާމުގައެވެ. މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން ބަލިވެ، ގުޑީސް ސްޕޯޓްސް ކްލަބު ވަނީ މުބާރާތުން ކަޓައިފައެވެ.

ފުރަތަމަ ބުރަށް ފަހު ދެވަނަ ބުރުގެ ކުޅުން ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ. މާދަމާ ހަވީރު ކުޅޭ މެޗުގައި ދިވެހި ސިފައިންގެ ކްލަބާއި ޕޮލިސް ކްލަބު ބައްދަލުކުރާއިރު، މާދަމާ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މޯލްޑިވިއަން ރެކްރިއޭޝަން ކްލަބާއި ސްޕޯޓްސް ކްލަބު ސިޓީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް