އަންނަ މަހު އިންޑިއާގައި އޮންނަ ސާފް ޗެމްޕިއަންޝިޕަށްފަހު އެ މުބާރާތުގައި ދެން ނުފެންނާނެ ކަމަށް ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ބުނެފިއެވެ.
ދަގަނޑޭގެ ރަސްމީ ފޭސްބުކް ޕޭޖްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިއީ ސާފް ޗެމްޕިއަންޝިޕްގައި ކުޅޭ ފަހު ފަހަރު ކަމަށާއި ސަރަހައްދީ މައިދާނުގައި ގައުމީ ޓީމު ތަމްސީލް ކުރަން ލިބުމާއި ގުޅިގެން ފަހުރުވެރިވާ ކަމަށެވެ.
Hi everyone, I would like to let you all know that the upcoming SAFF Suzuki Cup will be my last SAFF tournament, it was a huge honour representing my nation at the regional stage. Posted by Ali Ashfaq on Wednesday, November 25, 2015
ރާއްޖެއާއި ސްރީލަންކާގައި ބޭއްވި 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ކާމިޔާބުކޮށްދިނުމުގައި ދަގަނޑޭ ވަނީ އިސްދައުރެއް އަދާކޮށްފައެވެ. ގަނޑޭއަކީ ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. އޭނާ ވަނީ ގައުމީ ޓީމަށް 2005، 2008، 2009، 2011 އަދި 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅެފައެވެ.
އަންނަ މަހު އިންޑިއާގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ މެއިން ސްޕޮންސަރަކީ ސުޒުކީ އެވެ. އެހެންކަމުން މިއަހަރުގެ މުބާރާތް ސާފް ސުޒުކީ ކަޕްއަށް ވަނީ ރީބްރޭންޑްކޮށްފަ އެވެ.
މިމުބާރާތުގައި ރާއްޖެ ހިމެނެނީ ބޫޓާން، އަފްޣާނިސްތާން އަދި ބަންގްލަދޭޝްއާއެކު ގްރޫޕް ބީގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް