އެމްޑީޕީގެ "މިންޖުވާން" މުޒާހަރާ 73 ގަޑިއިރަށާއި 13 މިނެޓަށް ދެމިގެންދާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން ބުނީ 27 ނޮވެމްބަރުގެ ބޮޑު މުޒާހަރާ އަށް މިހާރުވެސް ވަރަށް ގިނަ އަދަދަކަށް އެކި އެކި ރަށްތަކުން ރައްޔިތުން ދަނީ މާލެ އަރަމުން ކަމަށާއި އެގޮތުން ރޭއާއި މިއަދުވެސް ގިނަ އަދަދެއްގެ އުޅަދުފަހަރުގައި ރައްޔިތުން ވަނީ މާލެ އަރާފައި ކަމަށް އެ ޕާޓީން ހާމަކުރެ އެވެ.
27 ވަނަ ދުވަހުގެ މުޒާހަރާ 72 ގަޑިއިރާއި 13 މިނިޓަށް ދިގުދެމިގެންދާއިރު މި މުޒާހަރާ ފެށޭނީ އެމް.ޑީޕީގެ އޮފީހުން ޤައުމީ މަޖިލިހުގެ މެމްބަރުން ނިކުމެގެންގޮސް އާރޓިފިޝަލް ބީޗާއި ހިސާބުން ކަމަށް އެމްޑީޕީން ހާމަކުރެ އެވެ. މި މުޒާހަރާއަށް ކާނާފަދަ ތަކެތި ހެޔޮއެދޭ ފަރަތްތަކުން ފޯރުކޮށްދިނުމުގެ ދޮރުވަނީ ހުޅުވާލެވިފައި ވާކަމަށާއި މި މުޒާހަރަގައި ސަރުކާރަށް ޑިމާންޑުތަކެއް ހުށަހަޅާނެ ކަމަށް އަދި މި ޑިމާންޑުތަށް ފުރިހަމަ ކުރުމަށް ވަގުތު ދެވޭނެ ކަމަށްވެސް އެމްޑީޕީން ހާމަކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް