ހުމާމް މެރުމަށް ކުރި ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމަށް ދައުލަތުން ސުޕްރީމް ކޯޓަށް

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމްގެ ގާތިލް ހުސައިން ހުމާމް މެރުމަށް ދަށު ކޯޓުން ކުރި ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުން ސުޕްރީމް ކޯޓަށް މިއަދު ހުށަހަ...

26 Nov 2015 | 08:44

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމްގެ ގާތިލް ހުސައިން ހުމާމް މެރުމަށް ދަށު ކޯޓުން ކުރި ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުން ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

ދައުލަތުން ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހަޅާފައިވާއިރު އޮކްޓޫބަރު، 2012 ގައި އަފްރާޝީމަށް ހަމަލާދީ މަރާލިކަން ސާބިތުވާތީ ހުމާމް މެރުމަށް ޖެނުއަރީ، 2014 ގައި ދަށު ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.

މި ކަމާބެހޭގޮތުން ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވެފައިވަނީ ދަށު ކޯޓުން ކުރި ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ހުށަހެޅީ މިއަދުގެ ވަގުތެއްގަ އެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމިކަން އަދި ސާފު ނުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް