ރިލްވާން ފޭސްބުކުން އޮންލައިންވި ކަމަށް ވާހަކަދެކެވޭތީ އެކަން މިދަނީ ބަލަމުން: ޕޮލިސް

ގެއްލިގެން ހޯދަމުން އަންނަ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ފޭސްބުކް އެކައުންޓުން މިރޭ އޮންލައިންވި ކަމަށް ވާހަކަ ދެކެވޭތީ އެކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ. ދުވަހަށް މައ...

26 Nov 2014 | 17:26

ގެއްލިގެން ހޯދަމުން އަންނަ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ފޭސްބުކް އެކައުންޓުން މިރޭ އޮންލައިންވި ކަމަށް ވާހަކަ ދެކެވޭތީ އެކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަން ފުލުހުން ބަލަން ފަށާފައިވާކަމަށެވެ.

އޭނާގެ އެކައުންޓުން އޮންލައިންވެފައިވަނީ މިރޭ 20:30 ހާއިރު ކަމަށް އޭނާގެ ބައެއް ރަށްޓެހިން ބުނެއެވެ.

ނަމަވެސް އެމީހުން ބުނަނީ އޮންލައިންވުމުން ވާދަކަދެއްކުމުން އެކޮޅުން އަނގައިނ ނުބުނާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް