ހައްދުންމަތީ އަތޮޅު ކައުންސިލްގެ ބަށިބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުތަށް މާބައިދޫ އިސްދަރިވަރުންގެ ގުޅުން، މާސް އަދި ފިޔެސްކޮކާ ކާމިޔާބުކޮށްފިއެވެ.
ލ.މާބައިދޫ މެޗު ކާމިޔާބުކޮށްފައިވަނީ ލ.ގަމު ތުނޑީ ސްޓާރ ބަލިކޮށްގެނެވެ. އެގޮތުން މެޗުގެ ދެ އިނިންގްސް ނިމުނިއިރު ސްޓާރއިން 22 ލަނޑު 2 ފޯލި ހެދިއިރު މާބައިދޫއިންވަނީ 24 ލަނޑު 4 ފޯލި ހަދާފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މާބައިދޫ އިސްދަރިވަރުންގެ ގުޅުމުގެ ޖާރސީ ނަންބަރ 3 އާމިނަތު މިންނާއެވެ.
މިއަދު ކުޅެވުނު 2 ވަނަ މެޗުގައި ވާދަކުރީ މާހިންނަ އެކްރިއޭޝަން އެންޑް ރެކްރިއޭޝަންގެ މާސް އަދި ފޮނަދޫ ފްރެންޑްސް ފޯ އެންވަޔަރަންމަންޓް އެންޑް ހެލްތް އިނީޝިއޭޓިވްގެ ފެހި ޓީމެވެ. މިމެޗު ކާމިޔާބުކުރީ މާސްއެވެ. މެޗުގެ ދެ އިނިންގްސް ނިމުނުއިރު މާސްވަނީ 28 ލަނޑު 11 ފޯލި ހަދާފައެވެ. އަދި ފެހި ޓީމަށް ހެދުނީ 23 ލަނޑު 6 ފޯއްޔެވެ. މެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ މާސްގެ ޖާރސީ ނަންބަރ 3 ފާތިމަތު އިބްރާހީމެވެ.
ހައްދުންމަތީ އަތޮޅު ކައުންސިލް ބަށިބޯޅަ މުބާރަތުގައި މިއަދު ކުޅެވުނު 3 ވަނަ މެޗުގައި ބައްދަލުކުރީ ފޮނަދޫ ކުރިގަމު އަވަށު ފިޔެސްކޮކާ އަދި ލ. ގަމު ތުނޑީ ބަރުލަމާނީ ސްޕޯރޓްސް ކުލަބެވެ. މިމެޗު 18 ލަނޑު 0 ފޯލި، 30 ލަނޑު 0 ފޯލިން ކާމިޔާބުކުރީ ލ.ފޮނަދޫ ކުރިގަމް ފިޔެސްކޮކާ ޓީމެވެ. މެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ ފިޔެސްކޮކާގެ ޖާރސީ ނަންބަރ 2 އާމިނަތު ނަޖީލާއެވެ.
މުބާރާތުގެ މެޗުތަށް މާދަމާވެސް ކުރިއަށްދާނެެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް