ކޮކާކޯލާ ކުންފުނިން ކިރު އުފައްދަނީ

ކޮކާކޯލާ ކުންފުނިން އާވައްތަރެއްގެ ކިރެއް ބާޒާރަށް ނެރުމުގެ މަސައްކަތް ފަށައިފިއެވެ. ފެއާލައިފް ނަމަކަށް ކިޔާ މި ކިރު ވިއްކުމަށް އަދި ހަމަޖެހިފައިވަނީ އެމެރިކާގައި ކަމަށް އެ ކުންފުނިން ބުނެއެވެ. މި އު...

26 Nov 2014 | 12:08

ކޮކާކޯލާ ކުންފުނިން އާވައްތަރެއްގެ ކިރެއް ބާޒާރަށް ނެރުމުގެ މަސައްކަތް ފަށައިފިއެވެ.

ފެއާލައިފް ނަމަކަށް ކިޔާ މި ކިރު ވިއްކުމަށް އަދި ހަމަޖެހިފައިވަނީ އެމެރިކާގައި ކަމަށް އެ ކުންފުނިން ބުނެއެވެ.

މި އުފެއްދުމުގައި އެހެން އުފެއްދުން ތަކަށްވުރެ 50 ގުނަ އިތުރަށް ޕްރޮޓީންއާއި ކެލްސިއަމް ހިމެނޭނެކަމަށާއި އަދި މީގެ އަގުވެސް އާންމުކޮށް ވިއްކާ ކިރުގެ ބާވަތްތަކުގެ އަގަށްވުރެ ދެގުނަ ބޮޑުވާނެ ކަމުގައި މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކޮކާކޯލާއިން މި ކިރު އުފެއްދުމަށް ނިންމާފައިވަނީ ކިރުގެ ބާވަތްތައް އުފައްދާ ކުންފުންޏަކާއި ގުޅިގެންނެވެ. އެހެންކަމުން ކޮކާކޯލާއާއި ގުޅިގެން މިކަން ކުރުމަށް އެހެން ފަރާތެއް ހޯދުމަށް މިހާރުވަނީ އިސްތިހާރުތައްވެސް ކޮށްފައެވެ.

ފެއާލައިފް އުފެއްދުމަށް މަސައްކަތްކުރާ ފަރާތަކުން ބުނެފައިވަނީ މި ކިރަކީ އާންމުން ބޭނުންވާފަދަ ސިއްޚަތަށް ފައިދާހުރި ކިރަކަށް ވާނެކަމަށެވެ. އަދި އެހެން ކުންފުންޏަކާއި ގުޅިގެން ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި މި އުފެއްދުން ބާޒާރަށް ނެރޭނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް