ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް ފުޅާދާއިރާއެއްގައި އެތަކެތީގެ ވިޔަފާރިކުރާ މ. ލޮނުމިދިލިގޭ އިބްރާހީމް ޝަފާޒު އަބްދުއްރައްޒާގުގެ ބައިވެރިއެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރިން ކޮށްފައިވާ ހުކުމް ހައިކޯޓުން މިއަދު ބާތިލުކޮށްފި އެވެ.
ހައި ކޯޓުން މިއަދު ބާތިލު ކުރީ ހދ.ކުޅުދުއްފުށި/ ގުލާބީގެ ޢަބްދުއްސައްތާރު 18 އަހަރަށް ޖަލަށް ލުމަށާއި 75000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް 26 ނޮވެމްބަރު 2013ގައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމެވެ.
އެ ހުކުމް ހައިކޯޓުން މިއަދު ބާތިލު ފުލުހުން ހެކި ހޯދާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެއެވެ. އެ ނެޓްވޯކްގައި ހިމެނޭ މީހަކު މިދިޔަ އޮކްޓޯބަރު މަހު ހައިކޯޓުން ސަލާމަތްވެފައިވާއިރު އެ ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ހދ.ކުޅުދުއްފުށި/ ގުލާބީގެ ޢަބްދުއްސައްތާރު އަލީގެ ފޯނު ކޯލު އަޑުއެހުމަށް ފުލުހުން ބޭނުންކުރި ކޯޓު އަމުރަކީ އެހެން މީހެއްގެ ފޯނު ކޯލު އަޑުއަހަން ދޫކޮށްފައިވާ އަމުރެއް ކަމަށެވެ.
ހައިކޯޓުން މިދިޔަ މަހު ކުރީކޮޅުވެސް ޝަފާގެ ނެޓްވޯކްގައި ހިމެނޭ މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ވަނީ ބާތިލު ކޮށްފައެވެ. އެފަހަރު ބާތިލު ކުރީ މ. ކުދެހިގޭ ހުސައިން އާތިފުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމެވެ.
ކުރީގެ ހުކުމްގައި ވަނީ އެ މައްސަލާގައި ހިމެނޭ ފޯނުކޯލް ރެކޯޑިންގްތަކަކީ ކޯޓުއަމުރެއްގެ ދަށުން ރެކޯޑުކުރެވިފައިވާ ފޯނުކޯލްތަކެއްކަމާ މެދު އާތިފްގެ ވަކީލު އާދަމް އާސިފް ކްރިމިންލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ސުވާލު އުފައްދައި، އެފަދަ އަމުރެއްއޮތް ނަމަ އެއަމުރެއް ބަލަންބޭނުންވެގެން ކޯޓުގައި އެދިފައިވާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބެލުމުން ސާފުކޮށް އެނގޭ ކަމަށެވެ. ނަމަވެސް އެފަދައަމުރެއް އޮތްތޯ ޝަރީއަތުން ބަލާފައިވާކަން ނުވަތަ އެފަދަ އަމުރެއްއޮތް ނަމަ ޝަރީއަތަށް ހުށަހެޅުމަށް ޕްރޮސިކިއުޓާ ޖެނެރަލްއަށް އަންގަވާފައިވާކަން ނުވަތަ އެފަދަ އަމުރެއް އޮތްނަމަ އެއަމުރުގެ ކޮޕީ އާތިފަށް ހިއްސާކޮށްފައިވާކަން އެނގެން ނެތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް