ކުޑަ އަންހެން ކުއްޖަކަށް ފެންނަ ގޮތަށް ހުރެ ބަދުއަޚުލާޤީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި މީހަކު ހދ. ކުޅުދުއްފުށިން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިމައްސަލާގައި ހައްޔަރުކޮށްފައި ފައިވަނީ 52 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މި ނޮވެމްބަރ މަހުގެ 21 ވަނަ ދުވަހު ކުޅުދއްފުށި ޕޮލިސް ސްޓޭޝަންއަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން މިމީހާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 25 ވަނަދުވަހުގެ 14:00ހާއިރު ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިޔުމަށް 7 ދުވަހުގެ މުއްދަތެއް ދީފައި ވާކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް