އައިއެސްގެ ބާރުގެ ދަށުގައި އޮތް ރައްގާއަށް ސޫރިޔާއިން ދިން ހަމަލާއެއްގައި 63 މަރު

އިރާގާއި ސޫރިޔާގައި ހަނގުރާމަ ކުރަމުން އަންނަ އައިއެސްގެ ބާރުގެ ދަށުގައި އޮތް ސަރަހައްދެއް ކަމަށްވާ ރައްގާ އަށް ސޫރިޔާއިން އިއްޔެ ދިން ހަމަލާއެއްގައި އައިއެސްގެ 63 މީހަކު މަރާލައިފި އެވެ. މީޑިއާ ރިޕޯޓ...

26 Nov 2014 | 05:30

އިރާގާއި ސޫރިޔާގައި ހަނގުރާމަ ކުރަމުން އަންނަ އައިއެސްގެ ބާރުގެ ދަށުގައި އޮތް ސަރަހައްދެއް ކަމަށްވާ ރައްގާ އަށް ސޫރިޔާއިން އިއްޔެ ދިން ހަމަލާއެއްގައި އައިއެސްގެ 63 މީހަކު މަރާލައިފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ސޫރިޔާ އަސްކަރިއްޔާއިން ވައިގެ މަގުން ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ އާންމު ރައްޔިތުންނެވެ.

އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ އޮބްސަވޭޓަރީ ގްރޫޕްތަކުން ބުނެފައިވަނީ އިއްޔެ ހަމަލާ ދިނީ ސޫރިޔާ ސަރުކާރުގެ ހަނގުރާމަމަތީ 6 ޖެޓަކުން ކަމަށާއި ހަމަލާ ދިން އިރު އާންމު ރައްޔިތުންނަށް ބަލާފައި ނުވާ ކަމަށެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން އާންމުންގެ 36 މީހަކު މަރުވެފައިވާކަމަށް އޮބްޒަވޭޓަރީ ގްރޫޕްތަކުން ބުނެއެވެ.

ފާއިތުވި ދެތިން ދުވަހު ރައްގާއަށް ސޫރިޔާއިން ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 80 އަށް އަރާފައިވާއިރު ސޫރިޔާ އަދި އިރާގުން އައިއެސް ނައްތާލުމަށް ކުރަމުން އަންނަ ހަނގުރާމައަކީ އެމެރިކާއިން އިސްވެ އެކުލަވާލާފައިވާ ކޯލީޝަނަކުން ކުރަމުން އަންނަ ހަނގުރާމައެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް