ނަމާދަށް ހުރި އަންހެނެއްގެ އަތްދަބަހުން 3 ސަތޭކަ ޑޮލަރާއި 3 ހާސް ރުފިޔާ ވަގަށް ނަގައިފި

ރޭ ޞަލާހުއްދީން މިސްކިތުގައި ނަމާދަށް ހުރި އަންހެނެއްގެ އަތް ދަބަހުން ޑޮލަރާއި ފައިސާތަކެއް ވަގަށް ނަގައިފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ  ޞަލާހުއްދީން މިސްކ...

26 Nov 2014 | 04:58

ރޭ ޞަލާހުއްދީން މިސްކިތުގައި ނަމާދަށް ހުރި އަންހެނެއްގެ އަތް ދަބަހުން ޑޮލަރާއި ފައިސާތަކެއް ވަގަށް ނަގައިފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ  ޞަލާހުއްދީން މިސްކިތުގައި ނަމާދަށް ހުރި އަންހެނެއްގެ އަތް ދަބަހުން ވައްކަން ކުރިކަން 8:00 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށެވެ.

"މުހިއްމު ލިޔެކިޔުންތަކަކާއި، 300 އެއްހާ ޑޮލަރާއި، 3000 އެއްހާ ރުފިޔާއާއި ފޯނެއް ވަގަށްނެގި ކަމަށް ރިޕޯޓްކުރީ" އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް