ރައީސް ޔާމީން، ލަންކާގެ ރައީސް އާ ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމް، ސްރީލަންކާގެ ރައީސް މަހިންދާ ރާޖަޕަކްސާއާ އިއްޔެ ބައްދަލުކުރައްވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ 18 ވަނަ ސާކް ސަމިޓުގެ ހަވާސާގައި ބޭއްވުނު މިބަ...

26 Nov 2014 | 04:38

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމް، ސްރީލަންކާގެ ރައީސް މަހިންދާ ރާޖަޕަކްސާއާ އިއްޔެ ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ 18 ވަނަ ސާކް ސަމިޓުގެ ހަވާސާގައި ބޭއްވުނު މިބައްދަލުވުމުގައި ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމު ދެމެދުގައި އުފެދިފައިވާ ގާތްގުޅުމާއި، އެގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.

މި ސަރަހައްދުގައި ބާރުހުރި ޖަމާޢަތަކަށް ސާކް ހެދުމަށްޓަކައި، ސާކްގެ ހުރިހާ ޤައުމުތަކުގެ މެދުގައި ވިޔަފާރި އާއި އިޤްތިޞާދުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވި ކަމަށާއި އަދި ބައިނަލްއަޤްވާމި މައިދާނުގައި ދިވެހިރާއްޖެ ފަދަ ކުދި ޤައުމުތައް ތަމްސީލު ކުރުމުގައި ސާކްގެ ދައުރު އިތުރަށް ފުޅާކުރަން ޖެހޭކަން ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.

ރައީސް އޮފީހުން އިތުރަށް ވިދާޅުވީ ސާކްއިން މިހާރު ކުރިއަށް ގެންދާ މުހިންމު މަޝްރޫޢުތަކުގެ މައްޗަށް ބައްލަވާލައްވަމުން، ސާކްގެ ޗެއަރޕާރސަންގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ސްރީލަންކާގެ ރައީސް ތަޢުރީފް ކުރެއްވި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް