ޙަމަލާދޭން ބޭނުންވި ބައެއް ތަރިން --
ބޮލީވުޑް ތަރި ޓައިގާ ޝްރޮފްގެ ކާރަށް ބަޑިޖެހި މައްސަލައިގައި ހައްޔަރުކުރި މީހުން، އިންޑިއާގެ މުމްބާއިގައި އުޅުނު މުއްދަތުގައި ހަމަލާދިނުމުގެ ނިޔަތުގައި ފާރަލީ މީހުންގެ ނަންތައް ތަހުގީގުގައި ބުނެފި އެވެ.
ފުލުހުންގެ ތެރެއިން ލިބިފައިވާ މައުލޫމާތުތަކާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި އެ ގޭންގުގެ ހަގީގީ އަމާޒަކީ ސަލްމާން ޚާން ކަމަށް ތަހުގީގުގައި ބުނެފައިވާ ކަމަށެވެ. އެމީހުން ތަހުގީގުގައި ބުނީ ސަލްމާނަށް ހަމަލާ ދިނުމުގެ ވިސްނުން ދޫކޮށްލަން ޖެހުނީ ސަލްމާންގެ ގެ، ގެލެކްސީ އެޕާޓްމަންޓްސް ވަށައިގެން އޮތް ސެކިއުރިޓީގެ ވަރުގަދަ ކަމުން ކާމިޔާބު ނުވާނެކަން ޔަގީންވުމުން ކަމަށެވެ.
ދެން އެމީހުން ބަލަން ފެށީ އެހެން ބޮޑެތި ތަރިންގެ ގެތައް ކަމަށް ބުނެފައިވެ އެވެ. އެގޮތުން އާމިރު ޚާން، އަމިތާބު ބައްޗަން އަދި އަކްޝޭ ކުމާރުގެ ގޭގެ ކައިރީގައި އެމީހުން ފާރަލާފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް ބުނެ އެވެ.
ޢޭގެތެރެއިން ޢެންމެ ގިނަ ދުވަހު ފާރަލީ އާމިރު ޙާނަށް ކަމަށް ބުނެފައިވެ ޢެވެ.
އެމީހުން ބުނީ ލޯރެންސް ބިޝްނޮއި ގޭންގުގެ މީހުން ބާންދްރާގައި އާމިރު ޚާން ދިރިއުޅޭ ގެ ކައިރީގައި ގާތްގަނޑަކަށް މަހެއްހާ ދުވަސް ހޭދަކޮށް، ތިން ފަހަރެއްގައި ފާރަވެރިވެފައިވާނެ ކަމަށެވެ. އެކަމަކު އާމިރު ގިނައިން ފިލްމު ޝޫޓިންގްތަކަށް ބޭރަށް ދިޔުމާއި ދިގު މުއްދަތަށް ގޭގައި ހުރުމުން އޭނާއާ ހަމައަށް ދާން އުނދަގޫވި ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން، އަރްޒޫ ބިޝްނޮއި އަދި ޓައިސަން ބިޝްނޮއިގެ ނަމުގައި ސޯޝަލް މީޑިއާގައި އަޑު ކްލިޕެއްއާއި ޕޯސްޓެއް ފެތުރިފައިވެއެވެ. އެ ޕޯސްޓުގައި ބުނެފައިވަނީ ގައުރީ ސްޕްރެޓްއާ އާމިރު ކުރި ތިންވަނަ ކައިވެނިން "ލަވް ޖިހާދު" އަށް ހިތްވަރުދީ "ސަނާތަން" ސަޤާފަތާ ޚިލާފުވާ ކަމަށެވެ. އަދި އާމިރަށް ފިލާވަޅެއް ދޭނެ ކަމަށެވެ.
ޢެމީހުންގެ އަމާޒަކަށް ޓައިގާ ހަދައި ބިރު ދައްކާލަން ނިންމީ ޢޭނާ މާބޮޑު ސެކިއުރިޓީއެއް ނެތި ޢުޅޭކަން ޔަގީން ކުރުމަށް ފަހު ކަމަށް ބުންޏެވެ. އެމީހުންނަށް ކޮންމެ އާދީއްތަ ދުވަހަކު ޓައިގާ ޖުހޫގެ ޕުޝްޕާ ނަރްސީ ގްރައުންޑަށް ފުޓުބޯޅަ ކުޅެން ދާކަން އެނގުނީ ސޯޝަލް މީޑިއާގެ ރީލްސްތަކާއި އިންސްޓަގްރާމުންނެވެ.
އޮކްޓޫބަރު 18 ގެ ހަވީރު، ފޭނުންނަށް އަތްޖަހަމުން ދިޔަ ޓައިގާގެ ކާރަށް ދެ މީހަކު ފަހެއް ނުވަތަ ހައެއް ބަޑި ޖަހައި ސައިކަލެއްގައި ފިލައިފައިވެއެވެ. ޓައިގާއަށް ބޮޑު އަނިޔާއެއް ނުވި ނަމަވެސް، އޭނާގެ ޑްރައިވަރާއި މަގުމަތީގައި ހުރި މީހަކަށް އަނިޔާވިއެވެ.
މި ހަމަލާގެ ޒިންމާ ސޯޝަލް މީޑިއާ ޕޯސްޓަކުން ނަގާފައިވާ ގޭންގްސްޓާ އަނިލް ޕަންޑިތު، ފުލުހުން ހޯދަމުންދާ ތުހުމަތުކުރެވޭ މީހެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައިވެއެވެ. ރާޖަސްތާން، އުތްތަރަ ޕްރަދޭޝް، މަދްޔަ ޕްރަދޭޝް އަދި ހަރިޔާނާއިން މިހާތަނަށް 11 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް