އިންޑިއާގެ ފަސް ތަރީގެ ހޮޓަލެއް --
ފަސް ތަރީގެ ލަގްޒަރީ ހޮޓާތަކުގައި ޗުއްޓީ ހޭދަކުރެވޭނެ ކަމުގެ ވައިދާއި އެކު ހިންގި ޕްރޮމޯޝަނެއްގެ ދަށުން ފައިސާ ނަގައިގެން އެ ޚިދުމަތް ނުދިން ޓްރެވަލް އެޖެންސީއަކާއި ދެކޮޅަށް އިންޑިއާ އަންހެނަކު ދައުވާ ކުރުމުން ބަދަލުގެ ގޮތުގައި 1.3 ލައްކަ އިންޑިއަން ރުޕީސް ދައްކަން އަންގައިފި އެވެ.
އަންހެނަކު ކާމިޔާބު ކުރި މައްސަލަ އޭނާ ހުށަހެޅީ އިންޑިއާގެ ޕަންޖާބުގެ ޑިސްޓްރިކްޓް ކޮންސިއުމާ ކޮމިޝަނަށް ޓްރެވެލް އެޖެންސީއަކާއި ދެކޮޅަށެވެ.
ބަންސަލް، ނަމަކަށް ކިޔާ އަންހެން މީހާ ހުށަހެޅި މައްސަލައިގަ ބުނެފައިވަނީ ކްލަބް އިންފިކޭޝަން ކިޔާ އެ ކުންފުނިން ފަސް އަހަރުގެ މެމްބަރޝިޕެއް ގަތީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު 1 ގައި ކަމަށެވެ. އެ ޕްރޮމޯޝަންގެ ދަށުން މެމްބަރުންނަށްވި މީހުންނަށް ކޮންމެ އަހަރަކު ފަސް ތަރީގެ ހޮޓާތަކުގައި ހަ ރެއާއި ހަތް ދުވަސް ހޭދަކުރެވޭނެ ކަމަށް ބުނެފައިވާ ކަމަށާއި އޭނާ މެމްބަޝިޕަށް އޮންލައިންކޮށް 120,000 ރުޕީސް ދެއްކި ކަމަށެވެ،
ފުރިހަމަ މެމްބަރަކަށް ވުމުން އޭނާ އެދުނީ އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދެ ދުވަހަށް އިންޑިއާގެ ޗަންދީގަރުން ލަގްޒަރީ ހޮޓަލަކުން ޑިސްކައުންޓު ހޯދައި ދިނުމަށް ކަމަށެވެ. އެކަން ވާނީ 48 ގަޑިއިރު ފަހުން ކަމަށް ބުނުމުން ތާރީހު ބަދަލު ކުރުމުން އެކުންފުނިން ފޮނުވި ލިސްޓުގައި އޭނާ އެދުނު ހޮޓާ އަދި ފަސް ތަރީގެ ހޮޓަލެއް ނެތް ކަމަށް ހުށަހެޅި މައްސަލައިގަ ބުނެފައިވެ އެވެ.
އެ ލިސްޓުގައި ހުރީ ހުސް ތިން ތަރީގެ ތަންތަން ކަމަށް ބުނެ ޝަކުވާ ކުރުމުން ބުނީ ޕްރޮމޯޝަންގައި ތިން ތަރީގެ ތަންތަންވެސް ހިމެނޭ ކަމަށެވެ.
ނަމަވެސް އެ މައްސަލައި ބަލައި ކޮމިޝަނުން ނިންމީ އެ އަންހެން މީހާ ފައިސާ ދެއްކީ ފަސްތަރީގެ ހޮޓަލަށް ކަމަށް ބުނެ ކޮށްފައިވާ އިޝްތިހާރުގައި ފައިސާ ދައްކަން ބުނެފައިވާ ވަރަށް ކަމުން އެ ޝަކުވާ ބަލައިގަނެވޭނެ ކަމަށެވެ.
ކޮމިޝަނުގެ އަމުރުގައި، 120,000 ރުީސް ރީފަންޑުކުރުމާއެކު، ޝަކުވާ ހުށަހެޅި 2025 ވަނަ އަހަރުގެ މާރިޗު 5 އިން ފެށިގެން އަހަރަކު ހަތް އިންސައްތަ އިންޓްރެސްޓް ދައްކަން ވެސް އަމުރުކޮށްފައިވެއެވެ. އަދި އެ މައްސަލައިަ އަންހެން މީހާއަށް ކުރިމަތިވި ހިތާމައާއި ފުރައްސާރައަށް 5,000 ރުޕީސް އާއި މައްސަލަ ކުރިއަށް ގެންދިއުމުގެ ޚަރަދަށް 5,000 ރުޕީސް ދައްކަން ވެސް ނިންމި އެވެ.
މިއާއި އެކު ޖުމްލަ 1.3 ލައްކަ ރުޕީސްގެ ބަދަލެއް އަންހެން މީހާއަށް އެޖެންސީން ދޭން ޖެހުނުވެ. އެ ކޮމިޝަނުން ވަނީ އަމުރުގެ ކޮޕީ ލިބޭތާ 60 ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް