ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ލާޒިމުކުރާ ގޮތަށް ފައިސާ މާރުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހަނދާންކޮށްދީފިއެވެ.
އެމްއެމްއޭ އިން ނެރުނު ނޫސް ބަޔާނުގައިވާ ގޮތުން، ކޮންމެ މީލާދީ މަހަކު ބޭރު ފައިސާއިން ލިބޭ އާމްދަނީ މާރުކުރަންޖެހެނީ ދެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިންނެވެ. އެ ގާނޫނަށް ހުރިހާ ފަރާތްތަކުން ތަބާވުމަށް އެ އޮތޯރިޓީން ހަނދާންކޮށްދީފައިވެއެވެ.
ކަނޑައެޅިފައިވާ ސުންގަޑި ހަމަވާއިރުވެސް ގާނޫނުގައިވާ ގޮތަށް ފައިސާ މާރުނުކުރާ ފަރާތްތަކެއް ވާނަމަ، އެ ފަރާތްތަކުގެ ނަން ހާމަކުރާނެ ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ. އެގޮތަށް ނަން ހާމަކުރާނީ މިކަމަށް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މި ހަނދާންކޮށްދިނުމުގެ މަގްސަދަކީ ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން ގާނޫނީ ޒިންމާ ވަގުތުން ވަގުތަށް އަދާކުރުން ކަށަވަރުކުރުން ކަމަށް އެމްއެމްއޭ އިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް