އަނގައިން ދުއްވާލި ހައްޕުނޑުބޮނޑި ކަރަންޓު ނަރުތަކެއްގައި ޖެހުނު ވަގުތު ކަރަންޓުގައި ޖެހި އިންޑިއާ މީހަކު މަރުވެއްޖެ

އިންޑިއާގެ މަދްޔަ ޕްރަދޭޝްގައި ބަރަންޑާއިން ގުޓްކާ ކުލާ ފަހުން 11 ކޭވީގެ ވަޔަރަކާ ގުޅިގެން 65 އަހަރުގެ ޕްރަބޫލާލް ގުޕްތާ މަރުވެއްޖެއެވެ. ވަޔަރުތަކާ ބެހޭ ޝަކުވާތަކަށް ސަމާލުކަން ނުދޭ ކަމަށް ރައްޔިތުން ބުނެއެވެ.

26 Oct 2026 | 02:59
އިންޑިއާ މީހަކު މަގުމައްޗަށް ކުޅުޖަހަނީ --

އިންޑިއާ މީހަކު މަގުމައްޗަށް ކުޅުޖަހަނީ --

އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ގަޔާތްރީ ނަގަރުގެ ގެއެއްގެ ތިން ވަނަ ފަންގިފިލާގެ ބެލްކަނީގައި ހުރެފައި މީހަކު މަގުމައްޗަށް ދުއްވާލި ހައްޕުނޑުބޮނޑި މަގުމަތީގައި ދަމާފައި އޮތް ކަރަންޓު ނަރެއްގައި ޖެހުނު ވަގުތު ކަރަންޓު ލީކުވެ އެމީހާ މަރުވެއްޖެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މަރުވީ އުމުރުން 65 އަހަރުގެ ޕްރަބޫލާލް ގުޕްތާ ކިޔާ މީހެކެވެ. ރޭނުމުގެ މަސައްކަތް ކުރާ އެމީހާ ކުއްޔަށް ހިފައިގެން އުޅޭ އެ ގޭގެ ބެލްކަނީގައި ދުފަން ހުރިތަން ގިނަ ބަޔަކަށް ފެނިފައިވެ އެވެ.

އާންމުން ބުނި ގޮތުގައި ކަރަންޓުގައި ޖެހި ގުޕްތާގެ މޫނާއި ގައި އޮތީ އެއްކޮށް ފިހިފައި އެވެ.

އެ ގެ ހުރި މަގުގައި އަޅާފައި އޮތީ 11 ކިލޯވޯލްޓްގެ ކަރަންޓު ނަރެވެ. އިލެކްޓްރީޝަނަކު މީޑިއާގައި ބުނެފައިވާ ގޮތުގައި ބެލެވޭގޮތުގައި އެ ނަރުން އެހާ ފަސޭހައިން ކަރަންޓު ލީކުވެ އެމީހާގެ ގަޔާ ހިސާބަށް ފޯރީ މެދުކެނޑުމެއް ނެތި ފެނާއި ލޮނާއި އެނޫންވެސް ދިޔާތަކެތީގެ އަސަރު ނަރަށް ކޮށްފައި ހުރުމުންނެވެ. އެ ފަދަ ހާލަތެއްގައި މީހާ މަރުވެ އެނދުމުގެ ހާދިސާއެއް ހިނގާފާނެ ކަމަށެވެ.

މި ހާދިސާ އާއި ގުޅިގެން ޖެހުނު ކޮންމެ ތަނަކަށް ކުޅު ޖެހުން ގޯސް ނުކޮށް އާންމުން ކުށްވެރި ކުރަމުންދަނީ އެ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދޭ ކުންފުންޏެވެ. އެމީހުން ބުނީ އެހާ ވޯލްޓޭޖް ހައި ނަރުތައް ނެގުމަށް އެތައް ފަހަރަކު އެދިފައިވާނެ ކަމަށާއި އަދި އެފަދަ ނަރުތައް ގުޅާފައި ހުރި ކަރަންޓު ތަނބުތަކާއި ޓްރާންސްފޯމަރުތައް ހުރީ ހާލަތު ވަރަށް ގޯސްކޮށް ކަމަށެވެ.

މިހާދިސާ ހިނގާފައިވަނީ އެ ނަރު ބަދަލުކޮށްދޭނެ ކަމުގެ ޔަގީންކަން ކުންފުނިން ދީފައި އޮންނަތާ އެއްތައް ދުވަހެއް ވީއިރުވެސް އެކަން ނުކޮށްދީ ވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް